ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް އަލަަށް ހުޅުވާނެ: ރައީސް

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން، ރާއްޖޭގެ އެކި ހިިސާބުތަކުގައި އާ މިސްކިތްތަކެއް ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެގޮތަށް، ރޯދައަށް އާ 15 މިސްކިތް ހުޅުވައި ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރި އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދާ އެކު، ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރާއި ހެޔޮއެދޭ އެކި ފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރޯދަމަހުގެ ކުރިން ހުޅުވާނެ ކަަމަށެވެ."މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެެސް ޑިސެންބަރު މަހު ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.މިއަދު ހުޅުވި، ދިއްދޫ އިސްލާމީ މަރުކަޒަކީ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެތަނުގައި 400 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި 30 ކުދިންގެ ޖާގައިގެ ހަތަރު ކްލާސް ރޫމް ހުރެ އެވެ.ސަރުކާރުން 2023 ވަނަ އަހަރު އާރުސީސީއަށް އެ މަސައްކަތް ހަވާލުކުރީ50.8 މިލިޔަން ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ