އަޅުގަނޑު ކިޔަވަން މިހުރީ ޔުނީގެ ހޮސްޓެލްގައެވެ. ކޮޓަރީގައި 4 ދަރިވަރުން އެބަތިއްބެވެ. ކްރިސްޓިއަނަކު ހުންނާތީ އެމީހުން އެގެންގުޅޭ ދީނީ ފޮޓޯ ބަހައްޓާފައި އެބަހުއްޓެވެ. ޔުނީގެ ފައުންޑަރުގެ ފޮޓޯވެސް އެބަހުއްޓެވެ. ހިންދޫން ތިބީމަ ފާޑެއްގެ ކުޑަ ބުދެއްވެސް އެބަހުއްޓެވެ. ޔުނީގައި ނަމާދުކުރާނެ ތަނެއް ނުހުންނާތީ ކުރަންޖެހެނީ ކޮޓަރީގައެވެ. އަޅުގަނޑު އެކޮޓަރީގައި ކުރާ ނަމާދު ޞައްޙަވާނެތޯއެވެ؟
މިފަދަ ސުވާލަކަށް ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވާފައިވާ ޖަވާބު:
"މިއީ މިޒަމާނުގައި ވަރަށް އާއްމުކޮށް ކުރިމަތިވަމުން އަންނަ ކަމެކެވެ. ކޮޓަރިފަދަ ތަންތަނުގައި ސިފައެއް ފެންނަން ހުންނަ ފޮޓޯއެއް ނުވަތަ އެފަދަ ބުދު ބެހެއްޓުމަކީ ހުއްދަކަމެއް ނޫނެވެ. އަހަރެމެންގެ ރަސޫލާ (ﷺ) ހަދީޘްފުޅު ކުރައްވާފައިވަނީ، ބުދުތަކާއި އެނޫންވެސް ދިރޭ އެއްޗެއްގެ ސިފަ ޖެހިގެންވާ ތަކެއްޗާއި ކުއްތާ ގެންގުޅޭ ތަންތަނަށް މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާނެ ކަމަށެވެ.
އެފަދަ ތަކެތި ބަހައްޓައިގެން ކުރާ ނަމާދު ސައްޙަވާ ހާލަތްތަކެއްވެއެވެ. މިސާލަކަށް ހޮސްޓެލްއެއްފަދަ ތަނެއްގައި ދިރިއުޅެންޖެހި، އެތަނުގައި ތިމާއާއެކު ޣައިރު މުސްލިމެއް އުޅެ، އެމީހާ އެކޮޓަރީގައި ބުދު ބަހައްޓާފައި ހުރި ނަމަ (އަދި ނަމާދު ކުރަން އެހެން ތަނަކަށް ދެވެން ނެތްނަމަ) އެފަދަ ހާލަތުގައި އެކޮޓަރީގައި ކުރާ ނަމާދު ސައްޙަ ވާނެއެވެ."
އެނޫންގޮތެއް ނެތިއްޖެނަމަ ކޮންމެ ތަނެއްގައިވެސް ނަމާދުކުރާށެވެ! ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ