އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮބަހައްޓަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލަން ކުރީގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން ނަޝީދު ގޮވާލެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
"އެމްޕީ މައުރޫފް ޒާކިރު އާއެކު މަސްވެރިންގެ ދުވަހު މަސްވެރިންގެ އަޑުއުފުލާން ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރުކުރި މަސްވެރިން، މުހައްމަދު ސޯދިގު، އަބްދުލްލަތީފް އަހުމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލަން،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން މި ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭ."
އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލަން ނަޝީދު ގޮވައިލެއްވިއިރު، މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން އެކި އަދަދަށް މީހުން ބަންދުކޮށް ދައުވާ ކުރަން ވެސް ފޮނުވާފައިވެ އެވެ. ނަަމަވެސް، އެކަމުގައި ފާޑުކިޔުން އަމާޒުވުމުން، ފަހުން އެ މައްސަލައިގައި ކުރިއަށް ނުދާން ނިންމީ އެވެ.
މިދިޔަ އޮކްޓޫބަރު 3، ގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ވެސް އަށް މީހުން ހައްޔަރުކޮށް އޭގެތެރެެއިން ހަ މީހަކު 15 ދުވަހު ބަންދުގައި ބޭތިއްބި އެވެ.
މިހާރު ކުރިއަށްދާ މަސްވެރިންގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ތިން ދިވެހީން ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ވެސް ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެހެންނަމަވެސް، ފުލުހުންގެ ބަންދުގައި ހުއްޓައި އިއްޔެ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން އޮޕަރޭޝަނެއް ކުރުމަށްފަހު މެންބަރު، މައުރޫފް މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ