ރިކޯޑު ހެދުމަށްފަހު މުއިއްޒު ޕްރެސް ކޮންފަރެންސެއް ނުބާއްވާތާ ހަ މަސްދުވަސް ވަނީ ރިކޯޑު ހެދުމަށްފަހު މުއިއްޒު ޕްރެސް ކޮންފަރެންސެއް ނުބާއްވާތާ ހަ މަސްދުވަސް ވަނީ

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވި ފަހުން، އެމަނިކުފާނު ޕްރެސް ކޮންފަރެންސެެއް ނުބާއްވާތާ ހަ މަސްދުވަސް ވާން ކައިރި ވެއްޖެ އެވެ.
އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ފެށީ ހެނދުނު 10:00 ގަ އެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ އެ ރޭ ދަންވަރު 12:55 ގަ އެވެ. ޕްރެސް ބޭއްވީ ނަމާދާއި ބައެއް އިތުރު ވަގުތުތަކުގައި ބްރޭކް ނަންގަވަމުންނެވެ.
ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ނިންމަވާލެއްވީ މީޑިއާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ގިނަ ގިނައިން، އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.
އެ ދުވަހަށްފަހު މިއަދަށް 178 ދުވަސް ފާއިތުވެއްޖެ އެވެ. މުއިއްޒު އެ ޕްރެސް ކޮންފަރަންސަށް އަންނަ ހޯމަ ދުވަހު ހަ މަސްދުވަސް ފުރޭނެ އެވެ. ނަމަވެސް، އޭގެ ފަހުން މުއިއްޒު ނޫސްވެރިންނާއެކު ޕްރެސް ކޮންފަރެންސަކުން ބައްދަލެއް ނުކުރައްވަ އެވެ. މެއި މަހު ދެ ބިލެއް ތަސްދީގުކުރަން ރައީސް އޮފީހުގައި ބޭއްވި ހަފުލާތަކަކަށް ނޫސްވެރިންނަށް ދައުވަތު ދިން ނަމަވެސް އެކަން ވެސް ފަހުން ހުއްޓާލި އެވެ.
މުއިއްޒުގެ ވެރިކަމަށް އަންނަ މަހު ދެ އަހަރު ފުރޭއިރު، މިހާތަނަށް ބާއްވަވާފައިވަނީ އެންމެ ދެ ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023، ގަ އެވެ. ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުންނެވެ.
ނޫސްވެރިންނަށް ފިލައިގެން އުޅުއްވަމުން، މުއިއްޒުގެ ސަރުކާރުން މި ފަހުން ވަނީ މިނިވަން މީޑިއާ ނެތިކޮށްލުމަށް ގާނޫނެއް ހަދައި، މީޑިއާ ކޮންޓްރޯލް ކުރަން ކޮމިޝަނެއް އުފައްފާފަ އެވެ.
މި ގާނޫނު އުވައިލަން ބައިނަލްއަގުވާމީ އެކި ޖަމާއަތްތައް ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، އިނގިރޭސިވިލާތް، އައިއެފްޖޭ، އާރުއެސްއެފް، ސީޕީޖޭ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ