ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ނިޔަތުގައި މިއަދު ބާއްވާ ރަސްމިއްޔާތުގައި 725 ހައުސިން ޔުނިޓު އަޅަން ހަވާލުކުރާކަން އެނގިއްޖެ އެވެ.
އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ 206 މަޝްރޫއުއެއްގައި މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ސޮއިކުރެ އެވެ. އެ ރަސްމިއްޔާތުގައި މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ހައުސިން ޔުނިޓު އަޅަން ހަވާލުކުރަނީ 12 ރަށެއްގަ އެވެ. އެއީ ހުރިހާ ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓެވެ. މި މަޝްރޫއުތަކުގެ އަގަކީ 947 މިލިއަން ރުފިޔާ އެވެ.
ވާދަވެރި ބީލަމަކަށް ނުގޮސް ބަހާލާ މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އިތުރުން، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.
އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
ވާދަވެރި ބީލަމަކަށް ހުޅުވާ ނުލައި މަޝްރޫއުތަކެއް ބަހާލަން ނިންމީ ވަޒީރުންގެ މަޖިލީހުން ބޭނުންވާ ޕްރޮޖެކްޓުތައް ބީލަމަކަށް ނުލައި އެވޯޑު ކުރެވޭ ގޮތަށް އޮކްޓޯބަރު 12، ގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލު ކުރުމަށް ފަހު އެވެ.
ނަމަވެސް، މުއިއްޒު ރޭ ވިދާޅުވީ މަޝްރޫއުތައް ހަވާލު ކުރަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މަޝްރޫއުތައް ލަސް ވަނީ ވެސް
ސަރުކާރުގެ މާލީ ހާލަތު ގޯސްވެ، ދަރަނި ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ކައުންސިލްތަކުގެ އިންތިހާބު ބޯމަތީގައި އޮތުމުން މި މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ސަރުކާރުގެ ގެރެންޓީއަށް ބީއެމްއެލްއިން އެ ކުންފުނިތަކަށް ލޯނު ދޫކޮށްގެންނެވެ.
މިއަދު ބަހާލާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން މިއަދު ހަވާލުކުރަނީ މިއަދު ބަހާލާ މަޝްރޫއުތަކުގެ ތެރެއިން 12 ރަށެއްގައި 725 ހައުސިން ޔުނިޓު އަޅަން މިއަދު ހަވާލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ