މިދިޔަ ބުދަ ދުވަހުން ފެށިގެން، އާއިލާ އަށް ހަބަރެއް ނުވާ މީހަކު ހޯދަނީ

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ހ. ކޯލީފްލާވާ، އަހްމަދު ނާޝިދު ނަމަކަށް ކިޔާ އުމުރުން 46 އަހަރުގެ މީހެއް ކަމަށެވެ.
މިދިޔަ ބުދަ ދުވަހުން (2023 މާރިޗު 15) ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓް ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އަހްމަދު ނާޝިދު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތުތައް ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނަމަވެސް އަޙްމަދު ނާޝިދު ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައި ނުވާތީ، އަހްމަދު ނާޝިދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަހަކަށް އައިސް މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުން ވީނުވީއެއް ނޭނގި ގެއްލޭ މީހުންގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ