މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

މާލޭ ގެއެއްގެ ތެރޭ ރަހީނުކޮށްފައި ހުރި ބަންގްލަދޭޝް ފިރިހެނަކު ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މާލެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6 ޖަހާކަށްހާއިރު ކަމަށެވެ.
ތަފްސީލް - އެ މީހާ ސަލާމަތްކުރީ ބަންދުކޮށްފައި ހުރި ތަނުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ:
އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޭނާގެ ސިއްހީ ހާލަތު ބެލުމުގެ ކަންތައް ބަލަމުން އަންނަ ކަމަށް
އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް ފާހަަގައެއް ނުވޭ
ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ