ޝަނާޔާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި
ބޮލީވުޑްގެ ކުރީގެ ފިލްމީ ތަރި ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްކުރާ ފިލްމު "އާކޯން ކީ ގުސްތާ ކިޔާ"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ. ފިލްމު ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރުން ބަގްލާގެ ކުންފުނި މިނީ ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މި ފިލްމުގައި ޝަނާޔާއާ އެކު ލީޑް އެކްޓަރުގެ ގޮތުގައި ފެންނާނީ ވިކްރާންތު މަސޭއެވެ. މިއީ ޝަނާޔާގެ ފުރަތަމަ ފިލްމަށްވެފައި އެކްޓަރު ވިކްރާންތަކީ ތަޖުރިބާހުރި އެހާމެ މޮޅު އެކްޓަރަކަށް ވުމުން ވިކްރާންތުގެ އެކްޓިންގް ހުނަރާއި އެއްވަރަށް ޝަނާޔާއަށް އޭނާގެ ކިބައިގައި އެކްޓްކުކުރުމުގެ ހުނަރު ދެއްކޭނެތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. https://www.instagram.com/shanayakapoor02/?hl=en ވިކްރާންތު ފިލްމުގައި ލޯފަން މިއުޒީޝަނެއްގެ ކެރެކްޓާއިން ފެންނާނެއިރު ޝަނާޔާ ފެންނަނީ ސްޓޭޖްމަތީގައި ތަމްސީލުތައް ކުޅޭ ފަންނާނެއްގެ ރޯލްއިންނެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށެވެ. ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ގިނަ ބަޔަކު ބުނެފައި ވަނީ ހީކުރި ވަރަށް ވުރެ ޝަނާޔާގެ އެކްޓިންގް ހުނަރު ރަނގަޅު ކަމަށާއި ފިލްމުގައި ކުޅޭ ރޯލަށް ޝަނާޔާ ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. ހަމައެއާއެކު ޝަނާޔާ ފެނުމުން ހަނދާނަށް އަންނަނީ މިހާރުގެ ކާމިޔާބު ބަތަލާ ކެޓްރީނާ ކައިފް މީގެ އަހަރުތަކެއް ކުރިން ފިލްމު އިންޑަސްޓްރީއާ ގުޅުނު ދުވަސްތައް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލު ކުރުމަށް ޝަނާޔާ ތައްޔާރުވަމުން އަންނައިރު އޭނާގެ އަތުގައި މިހާރު ވެސް ބޮޑު ހަތަރު ފިލްމީ ޕްރޮޖެކްޓް އެބައޮތެވެ. އެއީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދަ އިޔާ 3" ގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ