ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ހުށަހަޅާފައިވާތީ ބުދަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާ ކުރާނެ ކަމަށް މަޖިލީހުން ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބާއްވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މެންބަރަކު އައްޔަން ކުރާށެވެ.
އެޗްއާރްސީއެމަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވީ އައްޑޫ ހުޅުދޫ، ސީބްރީޒް، އަހްމަދު މަގްސޫމް އާއި ހ. ގުރުސް، އަމީރާ ނައީމް އަދި ދަފްތަރު ނަންބަރު ދރ 72، ފާތިމަތު ނަފްއަތު އަބްދުލްވައްހާބުގެ ނަމެވެ.
އެ ތިން ބޭފުޅުންގެ ވެސް މަގާމަށް ޝަރުތު ހަމަވާ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.
ބުދަ ދުވަހު އޮންނަ ޖަލްސާގައި މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި މަޖިލީހަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށްފަހު، އެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
އޮގަސްޓް 21، ގައި މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލީ މީޑިއާތައް ނެތިކޮށްލާ ބިލަށް ބަހުސް ކުރަމުންދަނިކޮށް ކުއްލި ގޮތަކަށެވެ. އެ ބިލަށް މެންބަރުން ބަހުސް ކުރައްވަމުން ގެންދެވިއިރު މަޖިލީހުގެ ގެލަރީގައި ނޫސްވެރިން ދިޔައީ ބިލު ބޭރު ކުރުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ.
ދައުރުން ބޭރުގައި އަންނަ ބުދަ ދުވަހު ޖަލްސާއެއް ބާއްވާނީ ދައުރުން ބޭރުގައި އަންނަ ބުދަ ދުވަހު ޖަލްސާއެއް ބާއްވާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ