އިންޓާ ސްކޫލް ވޮލީ މުބާރާތުގެ ހުރިހާ އެހީއެއް މައިލޯއިން

މިއަހަރުގެ ޖުލައިމަހު ބާއްވަން ހަމަޖައްސާފައިވާ އިންޓަރ ސްކޫލް ވޮލީ މުބާރާތުގައި ސްކޫލްތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މައިލޯއިން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ.
ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ވިދާޅުވީ މިހާރުވެސް މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ވަރަށް ގިނަ ސްކޫލްތަކުން ދީފައިވާ ކަމަށާއި މިފަހަރުގެ މުބާރާތަކީ ތަފާތު މުބާރާތަކަށްވާނެ ކަމަށެވެ. "މީގެ ކުރިން މައިލޯއިން ފުޓްބޯޅަ ފެސްޓިވަލުތަކަށް ޖާޒީ އާއި ކުޅެން ބޭނުންވާ ސާމާނުތައްވެސް ވަނީ ދީފައި. އެގޮތުން މިފަހަރުގެ އިންޓަރސްކޫލް ވޮލީ މުބާރާތަށް އެހުރިހާ އެހީއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައި." ރިިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މިއަހަރު ފެށިގެން މާލޭގެ ވަރަށް ގިނަ ސްކޫލްތަކެއްގައި ޖޫނިއަރ ނޭޝަނަލް ހަރަކާތްތައް ކުރިއަށްދާ ކަމަށާއި އެކަމަށްޓަކާ ރާއްޖޭން ބޭރުން މިހާރު 2 ކޯޗުންވެސް ގެނެސްފައިވާ ކަމަށެވެ. "މިހާރު ކުރިއަށްވުރެ މާރަނގަޅަށް މިކަންތައްތައް ކުރިއަށް ގެންދެވޭނެ." ރިޔާޒު ވިދާޅުވިއެވެ.
ފާއިތުވެދިޔަ 2 އަހަރުވެސް އިންޓަރ ސްކޫލް ވޮލީ މުބާރާތް ސްޕޮންސަރކޮށްފައިވަނީ މައިލޯއިންނެެވެ. ނަމަވެސް މީގެ ކުރިން މި އެހީތައް ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ