އަލިބެ މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓުން ދޫކޮށްލައިފި

ގދ ތިނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އޭޕްރިލް މަހު މަރާލާފައި އޮއްވާ ފެނުނު، އެ ރަށު ޑައިމަންޑްވިލާ އަލީ ރަޝީދު (އަލިބެ) މަރާލި މައްސަލައިގައި ހައްޔަރު ކުރި 6 މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވީ، ކޯޓުން އެ ދެ މީހުން ދޫކޮށްލާފައި ވާތީ، ދަޢުލަތުގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
އަލިބެ މަރާލި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ 33 އަހަރާއި، 39 އަހަަރާއި، 35 އަހަރާއި 31 އަހަރުގެ 4 ދިވެހި ފިރިހެނުންނާއި، 24 އަހަރުގެ ބިދޭސީއެއްގެ އިތުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ. ނަމަވެސް މީގެ ތެރެއިން ކޯޓުން ދޫކޮށްލީ ކޮން 2 މީހުންނެއް ކަމެއް އެނގިފައެއް ނުވެ އެވެ.
މިދިޔަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުގެ ރޭ، 79 އަހަރުގެ އަލީ ރަޝީދު މަރާލާފައި އޮއްވާ ފެނުނީ، ގދ ތިނަދޫގައި އޭނާ ދިރިއުޅޭ ގޭގައި ހުންނަ ގުދަނެއްގެ ތެރޭގައި އެވެ.
މި މައްސަލަ ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ