ކަރަންޓު މީޓަރުގެ ފޮޓޯ ފޮނުވަން ފެނަކަ އިން އަންގައިފި

ކަރަންޓް ރީޑިން ނަގަން ގޭގެއަށް ނުދެވޭނެތީ ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ފެނަކަ އިން އެދިއްޖެ އެވެ.
ފެނަކަ އިން މިއަދު ބުނީ މިހާރު ޤައުމަށް ދިމާވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި މިކުންފުނީގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
ރައްޔިތުންގެ ފަރާތުން މިކުންފުންޏަށް ދެއްވާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދައްނަވަމެވެ.
އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު ނަޖާހު، 9944416 އާ ގުޅުއްވުން އެދެމެވެ. (3/3)
— Fenaka Corporation Ltd (@TeamFenaka) April 29, 2020
އެހެންކަމުން ކަރަންޓު މީޓަރ ނަންބަރު ފެންނަގޮތައް ފޮޓޯ، އަދި ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުވުމަށް ފެނަކަ އިން ވަނީ އެދިފައެވެ. އަދި މިގޮތަށް ރީޑިންގ ނުފޮނުވޭ ފަރާތްތައް، ރީޑިންގ، މީޓަރ ނަންބަރު އަދި ގޭގެ ނަން ޖެއްސެއްވުމަށްފަހު އެސްއެމްއެސް ކޮށްދިނުމަށް ވެސް ފެނަކަ އިން ވަނީ އެދިފައެވެ.
ފެނަކަ އިން ވަނީ މިފަދަ ދަތި އުނދަގޫ ޙާލަތެއްގައި ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ފެނަކައިގެ އިތުރުން ސްޓެލްކޯއިން ވެސް ވަނީ ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ