ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އފުލާފައިވާ ޖިންސީ ކުށުގެ ދަޢުވާތަކުގެ ޝަރީޢަތް އޮންލައިކޮށް ބާއްވަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
ޓޫރިސަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ހަ ދަޢުވާއެއް ހުށަހަޅާފައެވެ. އޭނާގެ މައްޗަށް ދަޢުވާ ހުށަހަޅާފައި ވަނިކޮށް ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކްރިމިނަލް ކޯޓުން ވަނީ ހުއްދަ ދީފައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އަނބުރާ ރާއްޖެ ވަޑައިނުގެން، ޔޫކޭގައި ހުންނަވައިގެން ޝަރިއަތް އޮންލައިކޮށް ބާއްވައިދިނުމަށް އެދިވަޑައިގަތުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެގޮތަށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
ޤާޟީ ހަސަން ސައީދުގެ ނިންމެވުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ވޭތުވެ ދިޔަ ހަފްތާ ވަނީ ޕީޖީއިން ހުށަހަޅާފައެވެ. އެ މައްސަލަ މިހާރު ހައި ކޯޓުން ބަލައިގަނެ ރަޖިސްޓަރ ކޮށްފައިވާކަމަށް ޕީޖީއިން "ވީނިއުސް" އަށް މިއަދު ވަނީ މަޢުލޫމާތު ދީފައެވެ. ޕީޖިީއިން އިތުރަށް ވިދާޅުވީ، ވީޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ހަދާފައިވާ ގަވާއިދުގައިވާ އެއްވެސް ހާލަތަށް އަލީ ވަހީދުގެ މައްސަލަ ނުފެތޭކަމަށެވެ.
މީގެއިތުރުން، ރާއްޖޭން ބޭރަށް ދިއުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިން އިރު ކޯޓަށް ހުށަހެޅި ކަމަށް ބުނާ ސިއްޚީ ލިޔެކިއުންތަކާއި ރާއްޖޭން ބޭރުގައި އޮންލައިންކޮށް ބައިވެރިވުމަށް އެދި ހުށަހެޅި ލިޔެކިއުންތައް ދޭން ޕީޖީ އޮފީހުން އެދިފައި ވީނަމަވެސް މިހާތަނަށް ކޯޓުން އެ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ކަމަށް ޕީޖީން ބުނެއެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމައި ކްރިމިނަލް ކޯޓުގެ އެދުމުގެ މަތީން ޔޫކޭގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީ، އެގޮތަށް މިހާރު އެއް އަޑުއެހުން ބާއްވައިފާއިރު، ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަޑުއެހުމަކީ ޖިނާއީ މައްސަލައެއްގައި ކޯޓުގެ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގި ފުރަތަމަ ފަހަރެވެ.
އަލީ ވަހީދުގެ ޝަރީޢަތް އޮންލައިކޮން ބާއްވަން ނިންމި މައްސަލަ ހައި ކޯޓުން ބަލަގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ