މުވައްޒަފުންތަކަަކަށް ޖިންސީ ގޯނާ އަދި ފުރައްސާރަކުރިކަމުގެ ކުށުގެ ތުހުމަތުކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 23ވަނަ ދުވަހުގައެވެ. ބޭސްފަރުވާއަށް ކަމަށްބުނެ އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގައެވެ.
މިކަމާއި ގުޅިގެން "ސަންގު ޓީވީ"އަށް ދެއްވި އިންޓަރވިއުއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ވިދާޅުވީ، އެ އަމުރު ނެރެދޭން ކްރިމިނަލް ކޯޓުން ދެކޮޅު ހެދީ ޕާސްޕޯޓް ހިފެހެއްޓުމުގެ "މަގުސަދެއް" އޮތްކަމަށް ނުދެކޭކަމަށް ބުނެކަމަށެވެ. މިފަދައިން ނިންމާފައިވަނީ މިއަދު ހެނދުނު 10 ޖެހިއިރުގައެވެ.
ޝަމީމް ވިދާޅުވީ ދަށުގެ ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެކަމަށާއި، އަލީ ވަހީދަކީ ފިލައިގެން އުޅޭ ހައިކޯޓަށްވެސް ފެނިފައިނުވާ މީހެއްކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަލީ ވަހީދުގެ މައްޗަށް އުފުލިފައިވާ ޖިނާއީ ކުށްތަކުގެ ދައުވާގެ އަޑުއެހުމުގައި އޭނާ އެންމެފަހުން ބައިވެރިވެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެންނެވެ. މިއީ މިފަދަ ޖިނާއީ މައްސަލައެއްގެ ތުހުމަތުކުރެވޭ ފަރާތެއް ރާއްޖެއިން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެެއްޓުމުގެ އަމުރެއް ނެރެދޭން ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ