ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރީ ވަގުތީ ގޮތުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެެވެ.
ރައީސް ޔާމީން މިރޭގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ކަރެކްޝަނަލް ސަރވިސްއިން ކުރި ޓްވީޓެއްގައި ބުނީ، އެމަނިކުފާނު ގެއަށް ބަދަލު ކުރީ، މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭތީ ކަަމަށެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެެވެ.
އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިމިވަނީ، އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރީ މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ