ދޮންބަނބުކޭލެއްގައި އަތްލާކަށް އެމްޑީޕީއަކަށް ނުކުރޭ: މެމްބަރު ޝިޔާމް

އެމްޑީޕީގެ ސަރުކާރަށް ދެއަހަރު ބައިވެގެން ދިޔައިރު މިއަދާ ހަމައަށްވެސް ދޮން ބަނބުކޭލެއްގައި އަތްލަން ނުކުރޭކަން ހާމަވެގެން ގޮސްފައިވާ ކަމަށް ނައިފަރު ދާއިރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރުން ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މުޅިންވެސް އަތްލަނީ ވަނދު ބަނބުކޭލުގައި ކަމަށާއި އިހުލާސްތެރި ނިޔަތެއް އޮތް ނަމަ ވަކި ކުރަންވީކީ މިނިސްޓަރ މަލީހު ފަދަ ގާބިލް ވަޒީރެއް ނޫން ކަމަށެވެ.
އަދި އެމްޑިޕީގެ ސަރުކާރު ނޭންގޭ ސަރުކާރު ފެއިލްވަނީ ކޮން ހިސާބަކުންކަން ދެނެގަންނާކަށް އަތްލާކަށް ނުކުރޭ ފެއިލްވާ ވުޒާރާތައް ހުި ގޮތަށް ހުރީ
މަލީހުގެ ގާބިލް ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށާއި މިސަރުކާރުގައި ފެއިލްވެފައިވާ ވުޒާރާތައް ހުރި އިރު ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދޭންވީ އެ ވުޒާރާ ތަކުގައި ތިބި ވަޒީރުން ހަރުދަނާކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އިންޓަރނެޓް އަގު ހެޔޮ ކުރުމުގެ ވާހަކަތައް ދޮގުކަން އެނގެނީ ކޮންމެ އަހަރެއްގެވެސް ބަޖެޓް އަންނަ ގޮތުން ކަމަށާއި ދިރާގަކީ އެންމެ ބޮޑު ފައިދާ ދައުލަތަށް ހޯދެނެ ކުންފުނި ކަމުގައި ބަޖެޓްގައި ޖެހުން ބަދަލުކުރަން ގޮވާލާ ކަމަށެވެ.
އަދި މީގެ ކުރިން ޖެންޑަރ މިނިސްޓަރ ކަމުގައި ހުންނެވި ޝިދާތާ ބޭރުކޮށްގެން ހާސިލްވީ ކޮންކަމެއް ކަމާމެދު މަލީހު ސުވާލު އުފެއްދެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ