ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އުތުރުގެ އަތޮޅުތަކަށް އާދަޔާ ހިލާފައް މޫސުން ގޯސްވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް އުދަ އެރުމާއިއެކު ވައިގެ ދަތުރުފަތުރު ކުރުން ވަނީ މެދުކަނޑާލާފައެވެ.
އެއާޕޯޓުގެެ އިތުރުން ހެލްތު ސެންޓަރާ ހަމައަށްވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ފުލުހުންނާއި އެރަށު ކައުންސިލުން ގުޅިގެން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަގުތު ނޫހާއި ހަވާލާދީ އެ ރަށުގެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ހޯރަފުށީ ކައުންސިލް މެެންބަރު އަލީ ނަސީރު އާދަމް "ވަގުތު" އަށް ހަވާލާދީ ވިދާޅުވީ އެެއާޕޯޓާ ދިމާލުން އުދަ އަރަން ފަށާފައި ވަނީ މިއަދު 11:30 ހާއިރު ކަމަށާއި، ގާތްގަނޑަކަށް 1:15 ވީ އިރު ވަރަށް ބޮޑަށް އުދަ އަރާފައިވާކަމަށެެވެ. މިހާރު އެއާޕޯޓުގައި ލޮނުގަނޑު ގާތްގަނޑަކަށް ދެ ފޫޓަށް އުފުލިފައި ހުރި ކަމަށް ނަސީރު ވިދާޅުވިއެވެ.
"އުދަ އަރަން ފެށީ 11:30 ހާއިރު. އޭރު މަޑުމަޑުން އަރަމުން ގޮސް ހުކުރު ނަމާދުން މީހުން ފޭބި އިރު ވަރަށް ބޮޑަށް އުދަ އަރާފަ އޮތީ." ނަސީރު ވިދާޅުވިިއެވެ.
ނަސީރު ވިދާޅުވީ އެއާޕޯޓަށް އެހާ ގަދައަށް ލޮނުގެ އަސަރު ކުރަމުން އަންނަނީ އެއާޕޯޓާ ދިމާލު މޫދުގެ ލޮނުގަނޑު ދައުރު ނުވާނޭހެން ބައްދާލާފައި އޮތުމުން ކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި އުދަ އަރާ އެެއާޕޯޓަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ.
ހޯރަފުށީ އެއާޕޯޓަށް އުދަ އަރާފައި، ބޮޑެތި ގެއްލުންތަކެއްވި

އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ