ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ނަރުތަކެއް ހޯދާ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ނަރުތަކެއް ހޯދައި މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.  އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލެ ފުލެޓަކުން ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ 2016 ސެޕްޓެމްބަރ 2 ވަނަ ދުވަހުގެ 23:30 ހާއިރު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން  އެރޭގެ 00:05 ހާއިރު ހުޅުމާލެ ބީޗް ސަރަޙައްދުގައި ހުރި ހޮޓަލެއްގެ ކުރިމަތިން ގޯންޏެއް ހިފައިގެން ދަނިކޮށެވެ.
ވަގަށް ނަގާފައިވާ ނަރުތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސް އެވަގުތު އޭނާ ގެންގުޅުނު ގޯނި ބަލައިފާސްކުރިއިރު އޭގެ ތެރެއިންނެވެ. އެގޯނި ބަލައިފާސްކުރިއިރު އޭގެތެރެއިން ކަރަންޓް ވައިރު 9 ރޯލު ފެނިފައިވެއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރޯ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ