ޗައިނާއިން ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް ބޭރުކުރާ ސޯލަރ ޕެނަލްތަކުގެ މައްސަލާގައި އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ވިލާތުގެ އިއްތިހާދުން ބުނެފިއެވެ.
މިމައްސަލައާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދުގެ ޓްރޭޑް ކޮމިޝަނަރ ކަރެލް ޑި ގަޗް ވިދާޅުވީ ޗައިނާއިން ސޯލަރ ޕެނަލްތައް ވިއްކާނެ އެންމެ ދަށް އަގު ކަނޑައެޅިއްޖެކަމަށެވެ. ޗައިނާގެ ސޯލަރ ޕެނަލްތަކުގެ މައްސަލަ ފެންމަތިވެފައިވަނީ ސޯލަރ ޕެނަލްތަކުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށްޓަކައި ދަށް އަގުގައި ޗައިނާއިން ސޯލަރ ޕެނަލްތައް ވިއްކާކަމަށް ބުނެއެވެ. މިމައްސަލަ ފެންމަތިވުމާއެކު ވިލާތުގެ އިއްތިހާދުން ވަނީ ޗައިނާގެ ސޯލަރ ޕެނަލްތައް ގަތުން ވަގޫތީ ގޮތުން ހުއްޓާލާފައެވެ.
ޗައިނާއަކީ ދުނިޔޭގެ އެންމެ ގިނައިން ސޯލަރ ޕެނަލް އުފައްދާ ޤައުމެވެ. އެގޮތުން ހަމައެކަނި ދެހާސްއެގާރަވަނަ އަހަރުގެ ތެރޭގައި ވެސް ހަތާވީސް ބިލިއަން އެމެރިކާ ޑޮލަރުގެ ސޯލަރ ޕެނަލް ވިލާތުގެ އިއްތިހާދަށް ޗައިނާއިން ވިއްކާފައިވެއެވެ.
ސޯލަރ ޕެނަލްގެ މައްސަލާގައި ޗައިނާއާ ވިލާތުގެ އިއްތިހާދު އެއްގަލަކަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ