ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެ، ގާޒީ ޙަސަން ނަޖީބަށް ފިޔަވަޅު އަޅައިފި

ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާތީ، ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ނަޖީބުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.
މި ފިޔަވަޅުތައް ނިންމާފައިވަނީ އިއްޔެ ބޭއްވުމުން އެ ކޮމިޝަންގެ މިއަހަރުގެ 30 ވަނަ ބައްދަލުވުމުގައި އޯޑިއޯ ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް، ކޮމިޝަންގެ 8 މެމްބަރުން ބައިވެރިވަޑައިގެން ބޭއްވި ޖަލްސާގައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން، ބުނެފައިވަނީ 2013 އިން ފެށިގެން ގާޒީ ޙަސަން ނަޖީބު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާތީ، އެ އަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކަކަށްވުމުން ތިން މަސްދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ގާޒީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ