ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ފިރިމީހާ ޒަހަމްކޮށްލައިފި

ބ. ދަރަވަންދޫގައި ދެމަފިރިންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައި، ފިރިމީހާ ޒަހަމްކޮށްލައިފި އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުމުގައި މައުލޫމާތު ލިބުނީ ރޭ ދަންވަރު 2 ޖަހަން އުޅެނިކޮށެވެ. އެގޮތުން: 
މި ހަމަނުޖެހުމުގައި ޒަހަމްވި ފިރިހެން މީހާއަށް ފަރުވާ ދިނީ ބ. އޭދަފުށި ހޮސްޕިޓަލުން
ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައި
ފިރިހެން މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ