ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ރިޕޯޓު އާއްމުކޮށްފި

‎މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމު ކުރައްވައިފިއެވެ.
މި ރިޕޯޓް އާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި ގޮތަށް އާންމު ކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެންނެވެ.
‎2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް، ލަފާ ދިނުމަށްޓަކައި ހާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ 2025 އެޕްރީލް 27 ގައެވެ.
މި ކޮމިޝަނާއި މަތިކުރެއްވި މަސައްކަތް ފުރިހަމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރިޕޯޓު ހުށަހެޅުއްވީ، ކޮމިޝަން އުފެއްދެވިތާ 52 ދުވަހުގެ ތެރޭއެވެ.
މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކޮމިޝަނެއްގެ މަސައްކަތް ނިންމަވައި، ރިޕޯޓް ހުށަހެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ