މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ނަމަވެސް ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވަނީ އެ މައްސަލަ ބަލައި ނުގަންނަން ނިންމަވާފަ އެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް މާނާކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސްވާތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. ނަމަވެސް ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވަނީ އެ މައްސަލަ ބަލައި ނުގަންނަން ނިންމަވާފަ އެވެ.ނާޒިމް ވިދާޅުވީ ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަދި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ހާލަތެއް ނެތުމުން، މައްސަލަ ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ ޖޫން 2، 2024 ގައި އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހެޅުމާއެކު، ހަމަ އެދުވަހު ވަޒީރުންގެ މަޖިލީހެއް ބާއްވައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާފައިވާކަން އިއުލާނު ކުރި ކަމަށެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ކުއްލި މައްސަލައިގައި އޭނާ ފާހަގަކުރައްވާފައިވެ އެވެ."މި ބިލު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުއްޓުވައިފައި އޮންނަތާ ނުވަ މަސް ދުވަސް ވެގެން ދާއިރު، މި ސަރުކާރުން އަދި މި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެނިހެން މަސައްކަތްތައް ހުށަހަޅައި، މަދު ގަޑިއިރެއްގެ ތެރޭގައި، ގިނަ ބިލުތަކެއް މި ފާއިތުވެދިޔަ ދުވަސްތަކުގައި މި މަޖިލީހުން ވަނީ ފާސްކޮށްފައި،" ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.މީގެ ކުރިން ވެސް އެމްޑީޕީގެ ފަރާތުން ވަނީ އިމިގްރޭޝަން ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ލަސްވާތީ ކުއްލި މައްސަލަތައް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަތައް ވެސް ވަނީ ބޭރުކޮށްލާފާ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ