މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ހަބަރުވީ މިދިޔަ އަންގާރަ ދުވަހު މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ހަބަރުވީ މިދިޔަ އަންގާރަ ދުވަހު

މާލެއިން 31 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ތ. ތިމަރަފުށި، ސަލްވާ، ފާތިމަތު ޝަހުދާ 31، ކަމަށެވެ.
އޭޕްރިލް 22، އިން ފެށިގެން އޭނާގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރީ އޭޕްރިލް 24، ގެ 8:00 ޖަހާއިކަށްހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފާތިމަތު ޝަހުދާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނުނީ އަލިކިލެގެފާނުމަގު ސިޓީ ޕާކު ސަރަހައްދުން، ފެހި ކުލައިގެ ހެދުމެއްގައި ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ