ރާއްޖޭގެ އިގުތިސޯދު މި އަހަރުގެ ތެރޭގައި 6.4 ޕަސެންޓުން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ބައެއް މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ އިގުތިސޯދީ ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
"ރާއްޖޭގެ އިގުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ އަންދާޒާކުރެވިފާ....." ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއަހަރު ނިމުނުއިރު ރަސްމީ ރިޒާވުގައި 673.2 މިލިއަން ޑޮލަރު ހުރި ކަމަށާއި އެއީ 2023 ވަނަ އަހަރު ނިމުނު އިރުގައި ހުރި ވަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" ރައީސް ވިދާޅުވި އެވެ.
އިގުތިސޯދީ މި އުފާވެރި ނަތީޖާތަކާއެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މި ވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް."
މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ