ހާސް ތަރިތަކުގެ އަލީގައި 7

"އެއްގޮތަކަށްވެސް ފަރުޟު ފަސް ނަމާދު ދޫކޮށްނުލާށެވެ. އެއީ ހުރިހާ ކަމެއްގެ ހައްލެވެ." *** ކޮންމެވެސް މީހަކު ބެލް ޖެހުމުން ދޮރު ހުޅުވަން ހިނގައިގަތީ އޮލީވިއާއެވެ. ދޮރުމަތީގައި އަދްރިއަން ހުރިތަން ފެނުމުން އޮލީވިއާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ޑޮކްޓަރ އަދްރިއަންއަކީ މަޝްހޫރު އޮންކޮލިޖިސްޓަކަށްވުމުން އޭނަ ސެލެބްރިޓީއެއްހާ މަޝްހޫރެވެ. "އިދްރާކްއާއި ބައްދަލުކުރެވިދާނެތަ؟" "ލައްބަ އިށީންނަވާ..." އޮލީވިއާގެ މޫނަށް ކުޑަ ރަތްކަމެއްވެރިވިއެވެ."އިދްރާކް ކުޑަކޮށް ބަލިކޮށް އުޅެނީ އެކަމަކު މިހިސާބަށް އާދެވޭނެހެން ހީވޭ..." އޮލީވިއާ ފަހަތަށް އެނބުރުނީ ބާސިލްގާތު އިދްރާކްއަށް ގޮވަން ބުނުމަށެވެ. ބާސިލްގެ ހިލަމެއްނުވުމުން އޮލީވިއާ އަވަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. މާގިނައިރެއްނުވެ އިދްރާކް އޮލީވިއާއާއެކު އަންނަތަން ފެނުނެވެ. އިދްރާކް ހުރީ ކަކުލާއި ހަމަޔަށް ފޯރާވަރުގެ ސޯޓަކާއި ޓީޝާޓެއްގައެވެ. އިސްތަށިގަނޑު ކުޑަކޮށް ހޭވިފައެވެ. ހުމުގެ ސަބަބުން ކުޑަކޮށް ރަތްވެފައިވާ މޫނުމަތީގައި ވަރުބަލިކަންވިއެވެ. "ޑޮކްޓަރ އަދްރިއަން. ހައު ކެން އައި ހެލްޕް ޔޫ...." "އަހަރެންގެ ދަރިފުޅު ހޯދަދީ..." އިދްރާކްގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. ސުވާލުގެ ނަޒަރަކުން ބަލަން ހުރެފައި ހިންދިރުވައިލިއެވެ. "ޒާދާ...ޒާދާ އެނގޭނު...." "އަމް.....ހޮސްޕިޓަލުން ދިމާވި...އެކަމަކު....ވީ އާ ނޮޓް ފްރެންޑްސް..."އިދްރާކް ނުތަނަވަސްވާގޮތްވިއެވެ. "އެންމެފަހަށް ޒާދާއާއި ބައްދަލުވީ ކޮންއިރަކުން؟" "މޭބީ ވަން ވީކް ކުރިން..." "މިއުޅެނީ ޒާދާ ގެއްލިގެން...ޝީޒް މިސިން..." "އޯ.....އައިމް ސޮރީ...ޒާދާގެ ގެއްލުމާއި އަޅުގަނޑާއި ގުޅުނު ސަބަބެއް ނޭގޭ އެކަމަކު ހަގީގަތަކީ އަޅުގަނޑުމެންގެ އެއްވެސް ގުޅުމެއްނެތް. އެކީ މަސައްކަތްކުރިޔަސް ދެމީހުންނަށް ވާހަކަދެއްކިފައިވަނީ....ލައިކް އަތުން ގުނައިލެވޭހާ މަދު ބަހެއް ބުނެވިފައިވާނީ...އައިމް ޝުއާ ޔޫލް ފައިންޑް ޔޯ ޑޯޓާ. އެކަމަކު ޒާދާގެ ގެއްލުމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭގޭ............" އޮލީވިއާގެ ނަޒަރު އަދްރިއަންގެ މޫނުމަތިން ނުނެއްޓެއެވެ. "ވެއިޓް ސަރ...ތިވާހަކަ ދާ ގޮތުން އިދްރާކްގެ ބޮލުގައި އަޅުވަންހެން ހީވޭ...އިދްރާކް ބަލިވެ އެނދުން ނުތެދުވެ އޮންނަތާ މިއީ ދެވަނަ ދުވަސް........." "އެންމެ ރަގަޅު....އަޅުގަނޑަށް އިވުނު ވާހަކަތަކުން މިގެއަށް އާދެވުނީ...އެފަދަ ގުޅުމެއް ނެތިއްޔާ މާފަށް އެދެން...ނުބައި މައުލޫމާތެއް ލިބުނުކަމަށް މިވީ..."އަދްރިއަން މަޑުމައިތިރިކަމާއެކު ބުނެލިގޮތުން އިދްރާކް ހައިރާންވިއެވެ. އަމިއްލަ އަންހެންދަރިއަކު ގެއްލިގެން އުޅޭއިރުވެސް ބައްޕަ ހާދަ ހަމަޖެހިލާފައި މަޑުމައިތިރިވެފައޭ ހިތަށް އެރިއެވެ. އެކަމަކު ދެން ފެނުނީ އަދްރިއަންގެ މުށްކެވިފައިވާ އަތެވެ. ދަރިފުޅަށްޓަކާ އެހިތަށް ވެފައިވާވަރު އެ އަދާއިން އިދްރާކް ދެނެގަތެވެ. "އިޓްސް އޯކޭ. ދަރިއަކު ގެއްލުމަށްވުރެ މައިންބަފައިން ހިތަށް ތަދުވާނެ އެހެން ކަމެއް ނުވާނެ. މަރުވިޔަސް އެއަށްވުރެ ފަސޭހަވާނެ ސަބަބަކީ ދަރިފުޅަށް ވީގޮތް އެނގޭނެތީ. ދުނިޔޭގައި ހުރެގެން ސަފާ ކުރަން ކާކު ބޭނުންވާނީ؟އައިމް ސޮރީ.......... " އޮލީވިއާ ހަމްދަރުދީ ފައުޅުކުރިއެވެ."އެކަމަކު ތި ދަރިފުޅުގެ ގެއްލުމާއި އަޅުގަނޑުގެ ބޯއިގެ އެއްވެސް އަތެއްނުވާކަމަށް ގޯޑް ގަންދީ ހުވާކޮށްފާނަން..." އޮލީވިއާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އަދްރިއަންގެ ލޯ އެގޭގެ އެކި ދިމާލަށް ދަތުރުކުރިއެވެ. އަދިވެސް އެމީހުންނަށް އިތުބާރުނުކުރެވޭ ފަދަ ގޮތަކަށެވެ. އެންމެ ފަހުގެ ނަޒަރު އިދްރާކްގެ މޫނަށް ހުއްޓުމަށްފަހު ދާން އެނބުރުނެވެ. އަދްރިއަން އެގެއިން ނުކުމެގެން ދިޔައިރު މޫނުމަތިން ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްކަން ފެނުނެވެ.ދަރިފުޅުވީ ކޮންތާކުހެއްޔެވެ؟އޭނަދެން ދާންވީ ކޮންތަނަކަށްހެއްޔެވެ؟ ނުބައި ބަޔެއްގެ އަތްދަށުވުމަށްވުރެ އޮލީވިއާ ބުނިފަދައިން މަރުވިޔަސް މާ ހިތަށް ފަސޭހަވާނެއެވެ. ދަރިއަކު ގެއްލިއްޖެޔޭ ބުންޏަސް އެކަން ތަޖުރިބާ ނުކުރާ ބަޔަކަށް އެކަމުގެ ހުރި ވޭން އިހުސާސެއް ނުކުރެވޭނެއެވެ. އަދްރިއަންއަށްވެެސް ވަނީ ނޫހުންނާއި ޓީވީއިންވެސް އެގޮތަށް ގެއްލިފައިވާ ކުދިން ދެކެފައެވެ. އޭނަ ދެރަވެ ހަމްދަރުދީވެސް ވިއެވެ. އެކުދިން މައިންބަފައިންނަށް ފެނުމަށް އެދި ދުޢާވެސް ކުރެވެއެވެ. ނަމަވެސް މިއަދު ކުރެވެނީ އަދި ވަކިން ތަފާތު އިހުސާސްއެކެވެ. ދިރި ހުއްޓާ ހިތުގެ އެއް ފަޅި ކަނޑާ އެއްލައިލެވުނުފަދައެވެ. ކަރުނަ ތިއްކެއް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. ބާސިލް ހުރީ ކޮފީތަށީގައި ހިފަހައްޓައިގެން އޭނަގެ މަންމަމެންގެ ވާހަކަތައް އަޑުއަހަން އެމީހުންނަށް ނުފެންނާނެހެން އެތެރޭގައެވެ. ޒާދާގެ ވާހަކަ އިވުމުން ކޮފީތަށި އަތުން ދޫވެގެންގޮސް ބޯ ދޫލަމަތީގައި ޖެހުނަސް ތަށި ނުތެޅި ސަލާމަތްވިއެވެ. ބާސިލް ލޯބޮޑުކޮށްލައިގެން ހުރެފައި ދަނީޒްއަށް ގުޅިއެވެ. "ޒާދާ ގެއްލިގެންނޯ އުޅެނީ....." "ޑޭމް. އަނެއްކާ ބާޒް އޭނަގެ ފަހަތުން އުޅޭތީ ފިލައިގެން އުޅެނީކަމަށް ނުވާނެތަ؟" "ފުލުހުންނަށްވުރެ ކުރިން އަހަރެމެން އެ ފޮނި ކުއްޖާގަނޑު ހޯދަން ވީކަން ނޭގޭ. އެހެން މަށަށް ފިލައިގެނެއް ނޫޅެވޭނެ ޔޫ ކެން ރަން ޔޫ ކެން ހައިޑް ބަޓް ޔޫ ކާންޓް އެސްކޭޕް މައި ލަވް، ޒާދާ.....ހޯދާފައި ހުއްޓާލާނީ....." ދަނީޒް ހިނިގަނޑެއް ޖަހައިލިއެވެ." ޒާދާއާއި މިޖެހުނީ އާދައިގެ ފިރިހެނަކާއެއްނޫން...ހަމަ ޑެވިލްއަކާއި....ނޫނީ މޮންސްޓާއެއް. ޒާދާއާއި ދިމާވީމަ އެހުރިހާ އެއްޗެއް ކިޔާލާނެ ދޯ...." *** އަދްރިއަންއަށް ފުލުހުންގެ ފަރާތުން އޮޅުން ފިލީ ހައިރާންވާފަދަ ޚަބަރެކެވެ. މުޅިގައިން ހީބިހިނެގިއެވެ. ކެމެރާތަކުން ފެނުނީ ޒާދާ ކަން ގަބޫލުކުރަން ބޭނުންނުވިޔަސް ފެނުނީ ނިގާބީއަކާއިއެކު ގޮސް ކާރަކަށް އެރިތަނެވެ. ކޮންމެވެސް ގެއަކަށް ވަންގޮތަށް އެދެކުދިންގެ ލަގެޖް ޑިކީއަށް ލައިގެން ދެން ނިގާބީއިން އެކާރުގައި ދަތުރުކުރީ އެއާޕޯޓަށެވެ. "އަޅުގަނޑުމެންނަށް ބޮޑަށް ލަފާކުރެވެނީ ނިރުބަވެރި ޖަމާއަތެއްކަމަށްވާ އައިއެސް މީހުންނާއެކު ސޫރިޔާއަށް ޖިހާދަށް ދިޔައީހެން. ސަބަބަކީ ތި މިސްކިތަށް ގޮސް އަދި ސްޕީކާސް ކޯނަރުގެ ސަބަބުން ވަރަށް ގިނަކުދިން އެކްސްޓްރީމިސްޓުންނަށް ވާކަން ފާހަގަކުރެވޭ. ސާހިބާގެ ދަރިކަނބަލުން ވީ ސީރިޔާގައި ކަން ނުވަދިހަ ނުވަޕަސެންޓް ޔަގީން..............." އަދްރިއަންގެ ބަސް ހުއްޓުނެވެ. "އަޅުގަނޑުމެންނަށް ޒާދާގެ ފަރާތުން ހަރުކަށި ވިސްނުމެއް ނުފެނޭ. އެކަމަކު ހަމަ ދީނަށް އުޅެން ބޭނުންވާ ރަގަޅު އަންހެންކުއްޖެއް ނަމަވެސް ތިފަދަ ކަމެއް ފެނިފައި ނެތުމުން އެކަންތައް ހުއްޓުވަން މަސައްކަތް ކުރާނީވެސް ކިހިނެއް؟" އަދްރިއަން އިސްޖެހިއެވެ. "ދުނިޔޭގެ އެތަން މިތަނުން އަންހެންކުދިން ރިކްރޫޓްކުރާ މީހުން އެބަތިބި. އެކުދިންގެ ބްރެއިންވޮޝްކޮށްގެން އެގެންދަނީ..." އަދްރިއަން ފުލުހުންނަށް ޝުކުރު އަދާކުރިއެވެ. ޒާދާ ސީރިޔާގައި ހުރިއްޔާ އޭނަ އެތަނަށްގޮސް ޒާދާ ހޯދައިގެން އެނބުރި އަންނާނެއެވެ. ލޯބިވާ އަންހެން ދަރިފުޅު ގެއްލުމަކީ އޭނަގެ ހިތަށް ކުޅަދާނަކަމެއްނޫނެވެ. *** މެހެރާޒްގެ މޫނަށް ގަނޑުފެން އެޅުމުން ހޭލެވުނުއިރު ފެނުނީ ރަން އިސްތަށިގަނޑެކެވެ. އޭނައާއި ދިމާލަށް ގުދުވެލައިގެން އޮތް އައިރިސްގެ ނޭފަތުން އަލިފާންއަރާފަދައެވެ. "މެހްރާޒް. ކޮބާ ގެނައި ރުފިޔާ؟" "ޕިއްޒާއެއް ގެނައީ..." "އަހަރެން ބޭނުމީ ފައިސާ. ކާނެ އެއްޗެއް ނެތިގެނެއްނޫން މިއުޅެނީ........." "އައިރިސް ކާމްޑައުން...." "އެނގެއޭ މުސްކުޅި ދައިތައަކާއިއެއްކޮށް ޕާކްގައިކަން ނިދަން އޮންނަނީ. އަދި އޭނައަށްކަން ހުރިހާ ޚަރަދެއްކުރަނީ...އަހަންނަށް ބޭނުންވާ އެއްޗެހި ގަނެދިނުމުގެ ބަދަލުގައި ލިބޭހާ އެއްޗެއް އެ އޯލްޑް ހެގްއަށް އެބަދޭ. ދެން ފައިސާއާއި ނުލާ އައިއްޔާ އަލިފާން ދަރު އަޅާނަން........" އައިރިސް ހަޅޭއްލަވައިގަތެވެ. "ތިބުނާ މުސްކުޅި އަންހެނާއަކީ މަގޭ އެކުވެރިއެއް. އޯލްޑް ހެގްއެއްނޫން. އޭނަގެ ނަމަކީ އެލިޒަބަތް.......އައިރިސް. އަހަރެން ބުނެފީމެއްނު ފައިސާ ލިބޭނެއޭ ﷲ އިރާދަކުރެއްވިއްޔާ. ކެތްތެރިވެބަލަ..." "މަށަށް ލެކްޗަރުދޭން އުޅޭނެކަމެއްނެތް."އައިރިސް ބާރުބާރަށް ހަޅޭޭއްލަވައިގަތެވެ. *** ޒާދާ އަށް ހޭލެވުނުއިރު އޮވެވުނީ އެލެސްކަން ކިންގް އެނދެއްގައެވެ. ކޮޓަރީގެ ތެރެއަށް ވެރިވެފައިވާ އޮރެންޖްއަލި ހުދު ރަޖާއަށް އެޅިފައިވާއިރު ރަންގަނޑެއްފަދައިން ފެނެއެވެ. އަރާމު ފިންޏެކެވެ. ސީލިންއަށް ބަލައިލެވުނުއިރު ބޮލާއި ދިމާލުން އެލުވާފައިވާ ރިހި ޗާންދަލިޔާގައި އެލުވާފައިވާ ފަށްތައް އެކަތި އަނެކައްޗާއި މައްލަވަކުރަމުން ދިޔައެވެ. ވަށައިގެން ހޯދާ ބަލައިލުމާއެކު އޭނައަށް މިއޮވެވުނީ ގޭގައި ނޫންކަން އެނގުނެވެ. ގެ ކީއްކުރަންހެއްޔެވެ؟ ދެކެފަރިތަ ތަނެއްވެސް ނޫނެވެ. މުޅިން އާ ތަނެކެވެ. ފުންމައިގެން ތެދުވުނުގޮތަށް އޭނަގޮސް ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. މަންޒަރުތައް ހިތްގައިމެވެ. ތިރިތިިރިއަށް ދާންދެން ހެދިފައިވާ ގަސްތަކުގެ ސަބަބުން މިގެ މިހުރީ އުސްތަނެއްގައި ކަން އެނގުނެވެ. މިއީ ކޮންތަނެއްހެއްޔެވެ؟ ފޯނު ހޯދަން ޖިންސްގެ ޖީބުގައި އަތް ޖައްސައިލެވުނެވެ. "ފޯނު ކޮބާ؟ އެރީކާ.....އެރީ....." ޒާދާ އޭނަގެ އެކުވެރިޔާއަށް ގޮވަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ