މި ކޮތަރަށް ގާސިމް ކިޔަނީ “ވައިޓީ”، އޮޅުކޮށްގެން ގެންގުޅޭތާ އަހަރެއް

ސިޔާސީ ފޯރިގަދަ މި ދުވަސްވަރު، އާދައިގެ މަތިން އިއްޔެ ވެސް ޝޯޝަލް މީޑިއާގައި ފޮޓޯ އެއް އާއްމުވިއެވެ. ރިޔާސީ އިންތިހާބަށް ނިކުންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންނެވެ. މި ފަހަކަށް އައިސް މި ދެބޭފުޅުން އެކުގައި ފެނުމަކީ އާއްމު ކަމެއް ނޫނެވެ.
pic.twitter.com/RLZfX0WPtW
— Ibrahim Rasheed (@BondeM4) April 7, 2023
ޝޯޝަލް މިޑިއާއަށް ދޫކޮށްލި ދެތިން ގަނޑު ފޮޓޯއިން ސަމާލުކަން ހުއްޓުނީ ހުދު ކޮތަރަށެވެ. އެއް ފޮޓޯގައި އެ ކޮތަރު އިނީ ރޯދަ ވިީއްލަން ތައްޔާރު ކޮށްފައިވާ ސުފުރާ މަތީގައި ގާސިމް ކުރިމައްޗަށްވާ ގޮތަށެވެ. މަޖިލީހުގެ މެމްބަރު ބޮންޑެ ޓްވިޓާއަށް ދޫކޮށްލި ވީޑިއޯގައި ކޮތަރު އިނީ ނަޝީދުގެ ކޮނޑުގައި ހަމަޖެހިލައިގެނެވެ.
އެ ކޮތަރަށް ގާސިމް ލޯބިން ގޮވައި އުޅެނީ “ވައިޓީ” ގެ ނަމުންނެވެ. ޖޭޕީގެ ބައެއް މެމްބަރުން ޓްވިޓާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ފަދައިން އެ ކޮތަރަކީ ގާސިމްއަށް ވަރަށް “އޮޅު” އަދި ވަރަށް “ލޯބިން” ގެންގުޅޭ ކޮތަރެކެވެ. ވައިޓީ އަކީ މީގެ އަހަރެއްގާ ދުވަސް ކުރިން މާމިގިލިން ގާސިމް ނެގި ކޮތަރެކެވެ. “ބިސް ފީކުރިތާ، ހަތް ދުވަސް ތެރޭގައި ގާސިމް އެ ކޮތަރުން ނެންގެވީ. ފިޔަވެސް ނުފަޅަނީސް،” ގާސިމްގެ އަރިހުގައި މަސައްކަތް ކުރައްވާ ޝިހާމް މުހައްމަދު “ހަތާވިސް” އަށް ކިޔަދިދިނެވެ.
ޝިހާމް ވިދާޅުވީ ސަން އައިލެންޑުގައި ގެންގުޅޭ ވައިޓީ އަށްް ކާންދީ އުޅެނީ ގާސިމް އަމިއްލަފުޅަށް ކަމަށެވެ. “ގާސިމް އަމިއްލަފުޅަށް ކާން ދެއްވާނީ” އޭނާ ވިދާޅުވިއެވެ. ޝިހާމް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުންނަމަ ގާސިމް މަސައްކަތް ކުރައްވާ ވަގުތުތަކުގައިވެސް ފަޅުފިލުވަން އެ ކޮތަރު ހަރަކާތްތެރިވެއެވެ.
މާމިގިލިއަށް ކުރައްވާ ދަތުރުތަކުގައިވެސް އަރިހުގައި ކޮތަރު ގެންދަވައެވެ. އާންމުކޮށް ކޮތަރު ޖައްސާލަފައި ހުންނަނީ ގާސިމްގެ ކޮނޑުގައެވެ. ހަމައެކަނި ގާސިމަކަށް ނޫނެވެ އޭނާ ކައިރީގައި އުޅުއްވާ ބޭފުޅުންނަށްވެސް ކޮތަރު ވަރަށް އޮޅެވެ.
“ގޮވާލީމަ އުދުއްސާލައިގެން ކޮނޑުގައި ޖައްސަވާނެ،” އޭނާ ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ