އޮލިމްޕިކްސް ސިންގަލްސް ޗެމްޕިއަން ޒެން އޮސްޓްރޭލިއަން އޯޕަން ދެ ވަނަ ބުރުން ކަޓައިފި އޮލިމްޕިކްސް ސިންގަލްސް ޗެމްޕިއަން ޒެން އޮސްޓްރޭލިއަން އޯޕަން ދެ ވަނަ ބުރުން ކަޓައިފި

މެލްބާން (ޖެނުއަރީ 15) - މިދިޔަ އަހަރު ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސްގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދި، ޗައިނާގެ ޒެން، މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުން ކަޓައިފި އެވެ.
މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލަށް ވެސް ދަތުރުކުރި ޒެން މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ކެޓީ ޖަރުމަނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، ލޯރާ ސީގްމަންޑް އަތުން ބަލިވުމުންނެވެ. ލޯރާ ސެޓުތައް ގެންދިޔައީ، 7-6 (7-3) 6-3 އިންނެވެ.
ޒެން އަކީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓަށް ބެލިޔަސް އެންމެ މަތިން ސީޑްކޮށްފައިވަނިކޮށް މި ފަހަރު ކެޓި އެންމެ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ލޯރާ އަތުން ބަލިވި މެޗުގައި ޒެން، 22،ގެ ފަރާތުން ފެނުނު ބައެއް ކަންކަމަށް އަމްޕަޔަރު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަމްޕަޔަރުގެ ބައެއް ނިންމުންތަކާ މެދު ޒެން ހިތްހަމަނުޖެހުން ފާޅުކުރުމުން، އޭނާގެ ކުޅުމަށް ވެސް އަސަރުކުރި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ސަބަލެންކާ އަށް ވެސް ދެ ވަނަ ބުރު ކުރިމަތިލާން ޖެހުނީ ރަނގަޅު ޓެސްޓަކާ އެވެ. ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސަބަލެންކާ ދެ ވަނަ ބުރުގެ މެޗުގައި، ސްޕެއިނުގެ ޖެސިކާ ބޯޒާސް މަނޭރޯ އަތުން ފަހަތުން އަރައި، މޮޅުވިއިރު، ސެޓުތައް ގެންދިޔައީ، 6-3 7-5 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ