މިފްކޯއަށް ޤާނޫނީ އެހީދޭނެ ލޯ ފާމެއް ހޯދަނީ

އެ އިއުލާނުގައިވާގޮތުން ބިޑް ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށްފަހު ބިޑް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
އެ ލޯ ފާމުގެ މަސައްކަތްތަކުގެ ތެރޭގައި އެ ކުންފުނިން ދައުވާ ކުރަން ފޮނުވާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތައް ދިރާސާކުރުން ހިމެނޭކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި މައްސަލަތަކުގައި ކޯޓާއި ޓްރައިބިއުނަލްގައި މިފްކޯގެ ފަރާތުން ވާކާލާތު ކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން މިފްކޯއިން ހަދާ އުސޫލުތަކާއި އެއްބަސްވުންތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ބައްޓަންކުރުމުގައި ލަފާ ދިނުމާއި އުސޫލުތަކާއި އެއްބަސްވުންތައް ޑްރާފްޓްކުރުމުގެ މަސައްކަތްތައް ވެސް ލޯ ފާމުން ކުރަންޖެހޭނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ