ރައްޔިތުންނަށް ހިދުމަތްކުރުމުގައި އިހުހުރި ހިތްވަރު އަދިވެސް އެބަހުރި ކަމަށާއި، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.
ނޮވެމްބަރު ތިނެއްގެ ބަތޮލް އަދި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ މަޤާމަށް އައުމަށް ވާދަކުރުމަށް ނިކުމެ ހުންނެވި މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ހަފްލާގައި އެމަނިކްފާނުވަނީ، މޭޔަރުކަމަށް ނިކުންނެވުމަށް ނިންމި ސަބަބުތައް ނިކަން ރަނގަޅަށް ސާފުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެކި ފަހަރުމަތިން ބޭއްވެވި ޖަލްސާތަކުގައި ބައިވެރިވިއިރު، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ތަޖުރިބާކުރެވުނުކަން ފާހަގަކުރައްވަމުން ޖަލީލް ވިދާޅުވީ، ޤައުމަށް ހިދުމަތްކޮށް ގުރުބާންތަކެއްވީ މީހެއްގެ ހައިސިއްޔަތުން ވީ ފިލަންތޯ އެއީ އުފެދުނު ސުވާލެއްކަމަށާއި، ނަމަވެސް ރައްޔިތުންނަށް ހިދުމަތްކުރުމަށް އަދިވެސް އެ ފަންވަރު އެބަހުރިކަމަށެވެ.
އަޅުގަނޑު ޝައުގުވެރިވީ އެންމެ ބޮޑު އެއް ސަބަބަކީ މިއީ. އަޅުގަނޑަކީ އަޅުގަނޑުގެ މުޅި ގައުމީ ހިދުމަތުގެ ހަޔާތުގަ ކަމަކަށް ގޮވާލައިފިއްޔާ މި ގައުމުގެ އިއްޒަތާ އަބުރަށްޓަކާ އަބަދުވެސް ތައްޔާރަށް އެންމެ ކުރީގައި ހުރި މީހެއް. ގައުމު ގޮވާލި ކޮންމެ ހިދުމަތެއް ކުރުމަށް ފަސްނުޖެހި ކުރިމަތިލީ މީހެއް
މޫސާ އަލީ ޖަލީލް
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން
ޖަލީލް ވިދާޅުވީ ޤައުމަށް ހިދުމަތްކުރަން އަދިވެސް ބޭނުންވާކަމަށާއި، ސަރުކާރާގުޅިގެން ރައްޔިތުންގެ މުހުތާދުތައް ފިލުވައިދިނުމަށްކަމަށާއި ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނޭކަމަށެވެ. ޖަލީލް ވިދާޅުވީ މާލެސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް އެނގޭކަމަށާާއި މާލެސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިދުމަތްލިބެންފެށީ 2021 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު، މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވަޑައިގަތުމާ ހިސާބުންކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައްޔިތުްނގެ ޝަކުވާތަކަށް އިޖާބަދެއްވުމަށް އޭރުވެސް އަދި މިހާރުވެސް ހަމަ އެބީދައިން ރައީސް ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވަމުންކަން ޖަލީލްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.
ޖަލީލް ވިދާޅުވީ އޭނާ ވެގެންދާނީ މާލެސިޓީގެ ކޮންމެ ގެއެއްގެ ގޭބިސީއެއްގެ މީހަކަށް ކަމަށާއި، ކަންކަން ކުރާނީ ވަކި ކުލައަކަށް ވަކި ފިކުރަކަށް، ވަކި ފަންތިއެއް ބެލުމެއް ނެތި، މުޅި ޤައުމުގެ ޚިދުމަތްތެރިއަކަށް، އަދި މާލެ ސިޓީގެ ކޮންމެ ރައްޔިތެއްގެ ވަފާތެރި މިތުރަކަށް ކަމަށެވެ.
ޕީއެންސީ ޓިކެޓްގައި މޫސާ އލަީ ޖަލީލް މާލެސިޓީގެ މޭޔަރުކަމަށް ނިކުންނަވާއިރު، އެ ޕާޓީގެ ފަރާތުން އެ މަޤާމަށް ކުރިމަތިލީވެސް އެމަނިކްފާނު އެކަނިކަން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންނަށް ހިދުމަތްކުރަން އިހުހުރި ހިތްވަރު އަދިވެސް އެބަހުރި: ޖަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ