ބޭސްފަރުވާއަށް ބޭރަށް ދާއިރު ބީއެމްއެލްގެ އެޕް މެދުވެރިކޮށް މިހާރު ޑޮލަރަށް އެދި ހުށަހެޅޭނެ
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގައި "ޑޭޝްބޯޑް"އަށް ގޮސް، ދާން ޖެހޭނީ "މެޑިކަލް ޑޮލާ ރިކުއެސްޓް"އަށެވެ.ބޭންކުން ބުނީ، ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު، ބޭނުންވާނެ ލިޔެކިޔުންތައް މައުލޫމާތު އެޕުން ހުށަހަޅައި، އެޕްލިކޭޝަންގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ވަގުތުން ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ.އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެ ކަމަށާއި، އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ.ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ