ފާއިތުވި 24 ގަޑިއިރު ހަނގުރާމަ: އީރާނުން، އެމެރިކާ އާއި އިސްރާއީލުގެ ޔުނިވާސިޓީތަކަށް އިންޒާރުދީފި
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންދާއިރު، ބޫޝެހްރު ޕްރޮވިންސްގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން މަރާލައި، ހޫޒެސްތާން ޕްރޮވިންސްގެ ފެން އުފައްދާ މަރުކަޒަކަށް ވަނީ ހަމަލާދީފައި. މެދުއިރުމަތީގައި ހުރި އިސްރާއީލާއި އެމެރިކާގެ ޔުނިވާސިޓީތަކަށް ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި. ޔަމަނުގެ ހޫޘީން ވަނީ އިސްރާއީލަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެވަނަ ހަމަލާއެއް ދީފައި. އަދި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި "އުދުވާނުތައް ހުއްޓާލަންދެން" މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމާއަތުން ވަނީ ވައުދުވެފައި. އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް ތަލްއަބީބާއި އެމެރިކާގެ އެކި ސިޓީތަކުގައި މުޒާހަރާކުރަމުންދާއިރު، އިސްރާއީލުން ދިން ހަމަލާއެއްގައި ތިން ނޫސްވެރިން މަރާލުމާ ގުޅިގެން ލުބުނާނުގެ ބެއިރޫތުގެ މަގުތަކަށް ވެސް ގިނަ ބަޔަކު ވަނީ ނުކުމެފައި. އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި ގަލްފު ސަރަހައްދުގެ ބައެއް ތަންތަނަށް ގެއްލުންވެ މީހުންނަށް ވަނީ އަނިޔާވެފައި. މީގެ ތެރޭގައި އަލްމިނިއަމް ބަހްރޭނާއި އެމިރޭޓްސް ގްލޯބަލް އަލްމިނިއަމްގެ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް އެ ކުންފުނިތަކުން ވަނީ ރިޕޯޓުކޮށްފައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ