މަންމަގެ ކޭޝްކާޑު ވަގަށް ނަގައިގެން ވިޔަފާރި ކުރި މީހަކު އައްޑޫން ހައްޔަރުކޮށްފި
މަންމަގެ ކޭޝްކާޑު ވަގަށް ނަގައިގެން ވިޔަފާރި ކުރަމުން ދިޔަ މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތުގެ އިތުރުން، ގެވެށި އަނިޔާގެ އަމުރަކާ ޚިލާފުވުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާވަނީ އޭނާގެ މަންމަގެ އިސްލާމިކް ބޭންކް ކޭޝް ކާޑު ވަގަށް ނަގައިގެން އެ ކާޑުން ވިޔަފާރިކޮށްފައެވެ. އެކަމަކު އެ ކާޑުން އޭނާ ކުރީ ކިހާ ވިޔަފާރިއެއް ކަމެއް ސާފެއް ނުވެއެވެ. އެކިއެކި މައްސަލަތަކުގައި މީގެ ކުރިން ވެސް 15 ފަހަރަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މި މީހާ ބަންދު ކުރީ މިދިޔަ ހަފުތާގައެވެ. އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިފައެވެ. އައްޑޫގައި ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން، ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ