މާލޭގެ ސުނާމީ ބިނާ ހުރި ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުނާމީ ބިނާ ސަރަޙައްދުގެ ކީވޯލް މަރާމާތުކުރުމުގެ އިތުރުން، އެ ސަރަހައްދަކީ އާންމުންނަށް ހިތްފަސޭހަ މައިދާނަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.
މި މަސައްކަތަކީ މާލޭގައި ހުރި އެކި އެކި ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި ސަރަޙައްދުގެ ޝީޓްފައިލްތައް ބާވެ ހަލާކުވުމުގެ ސަބަބުން ގިރަމުންދާ މައްސަލައަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ސުނާމީ ބިނާ ހިމެނޭ ސަރަޙައްދަކީ ގިނަ އަދަދެއްގެ އާންމުން ހަވީރުގަޑީގައާއި ބަންދު ދުވަސްތަކުގައި ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާ ސަރަޙައްދަކަށްވާއިރު، މި މަރާމާތުތަކާއެކު އެ ސަރަޙައްދުގެ ރައްކާތެރިކަން އިތުރުވެ، އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.
ސުނާމީ ބިނާ ސަރަހައްދު ތަރައްގީ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ