ރާއްޖެއާއި ޖަރުމަނުވިލާތާއި ދެމެދު ރަސްމީ ވާހަކަތައް މިއަދު ބާއްވައިފިއެވެ.
މި ވާހަކަފުޅުތައް ބާއްވާފައިވަނީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
ޖަރުމަނުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި މި މަޝްވަރާތަކުގައި ރާއްޖެއާ އާއި ޖަރުމަނާ ދެ ގައުމުގެ ދެމެދު މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު ވެސް ވަނީ އާކުރައްވާފައެވެ.
ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު މި ކުރައްވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއާ ޖަރުމަނާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ