ހުސްވެފައިވާ ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު ކުރިމަތިލައްވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ މަގާމަށް ހުޅުވައިލުމުން އޭނަ ނޫން މީހަކު ކުރިމަތި ނުލާ ކަމަށެވެ.
ޝަހީދަކީ ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފު ހިލްމީ މަގާމުން އިސްތިއުފާ ދެއްވި ފަހުން ފާއިތުވި އަހަރެއްހާ ދުވަހު ހައި ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެވެ.
އޭނަ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ އިން ޝަރީޢަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަހީދު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު ހިމެނެ އެވެ.
އޭނަ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ. އަދި ހައި ކޯޓް ވަގުތގީ ހިންގެވުމާ ހަވާލުވެވަޑައިގެންނެވީ ނޮވެމްބަރު 18، 2022 ގަ އެވެ.
ހައި ކޯޓްގެ އިސް ފަނޑިޔާރަކަށް ކުރިމަތިލީ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ