ޕީޕަސްލް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) ގެ ސެނެޓްގެ މެމްބަރެއް ކަމުގައިވާ އަބްދުﷲ އިބްރާހިމް މަގާމުން އިސްތިއުފާދެއްވައި ޕާޓީން ވަކިވެ، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި ގުޅިވަޑައިގެންފިއެވެ.
ޕާޓީން ވަކިވިކަން އަންގައި އަބްދުﷲ އިބްރާހިމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ޕީއެންސީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި އިހްލާސްތެރިކަމާއި އެކު އޭނާ މަސައްކަތް ކުރަމުން ގެންދެވީ ދިވެހި ގައުމިއްޔަތާއި ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދެވި ޕާޓީއަކަށްވާތީ ކަމަށެވެ.
އަބްދުﷲ އިބްރާހިމް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ފާޅުގައި ރައީސް ޔާމީންގެ އަތުން ޕާޓީ ފޭރިގަނެގެނެ އުޅޭ ތަން ކަމަށާއި ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތަކެއް ހާސިލުކުރ ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑު ކޮށްލާ ތަން ކަަމަށެވެ. އަދި ގަސްދުގައި ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް މީހަކު މަސައްކަތް ކުރާނޭހެން، ވަކި މީހެއްގެ ވަކިތަކުގެ ދަށަށް ޕާޓީ ގެނެސް ކަންކަން ކުރަމުން ގެންދާތަން ފެނިގެންދާކަމަށްވެސް އަބްދުﷲ އިބްރާހިމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވެއެވެ.
Advertisement
އިތުރަށް އެބޭފުޅާ ވިދާޅުވީ މި ހާލަތުގައި ޕީއެންސީގައި ހުރުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެރެއިން ވަކާލާތު ކުރަމުން އައި ރޫހާ ހިލާފު ކަމެއް ކަމެއްކަމަށް ވާތީ، މިއަދުން ފެށިގެން ޕީއެންސީގެ ސެނެޓުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައި ޕާޓީއިން ވަކިވާކަމަށެވެ.
އަބްދުﷲ އިބްރާހިމް ޕީއެންއެފްއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ޕީއެންއެފް ގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ޕީއެންސީގެ ސެނެޓުން އަބްދުﷲ އިބްރާހިމް ވަކިވެ، ޕީއެންއެފާއި ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ