ބިދޭސީން ދިރިއުޅޭ ތަނަކުން ވަގަށް ނެގި 20،000 ޑޮލަރު ހޯދައި ހަވާލުކޮށްފި

ބިދޭސީން ދިރިއުޅޭ ތަނަކުން ވަގަށް ނެގި 20،000 ޑޮލަރު ހިމެނޭހެން ވަގަށް ނެގި އެހެނިހެން ތަކެތި ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، މިތަކެތި ވަގަށް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 2:40 ހާއިރު ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ތަނަކުންނެވެ.
ފުލުހުން ބުނި ގޮތުގައި، ވަގަށް ނެގީ، 20،000 ޑޮލަރު ލާފައިވާ ދަބަހެއްގެ އިތުރުން އެ ސައިޓުގައި ހުރި އެހެން ބައެއް ތަކެއްޗެވެ. 
ތަފްސީލް - ފުލުހުން ބުނީ، އެ ތަކެތި ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލުކުރަމުންދިޔަ ވަގުތެއްގައި ލިބުނު މި މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ. ފުލުހުން ބުނީ:
އެ ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ 
މި ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ