ބީއެމްއެލްއިން ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށްފަހު، އިގުތިސާދު ކުރިއެރުވުމަށް އިތުރު ކެމްޕޭނެއް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ނިންމާލުމަށްފަހު "ދިވެހީންގެ ބޭންކް- މުޅި ރާއްޖެ"ގެ ނަމުގައި އައު ކެމްޕޭނެއް މިއަދު އިފުތިތާހުކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފުލާއެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ޚާއްސަ މަސައްކަތް ފާހަގަކުރައްވައި، އެ ޓީމަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވައިފައެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުވަރީ މަހުގައެވެ. އަދި އެންމެ ނުވަ މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. އެ މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަކުރެއެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއިން ރާއްޖޭގެ ރައްޔިތުންގެ މާލީ ބައިވެރިވުމަށް ގެނެސްދިން ހެޔޮ ބަދަލުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ އިދާރާއެއްކަމަށްވާ ކޯރަސްއިން ވަނީ ބީއެމްއެލްއަށް 'އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް ދީފައެވެ. https://sun.mv/212430 ބީއެމްއެލްއިން މިއަދު އިފުތިތާހުކުރި "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނަކީ، ގައުމުގެ އިގްތިސާދު ކުރިއަރުވައި ހަރުދަނާކުރުމުގައި އަދާކުރަމުންދާ މުހިންމު ދައުރު އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ކެމްޕެއިނެއް ކަމަށް އެ ބޭންކުން ބުންޏެވެ. "ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" މަޝްރޫއު އިފުތިތާހުކުރުން--- ފޮޓޯ: ބީއެމްއެލް އެ ރަސްމިއްޔާތުގައި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ދެއްކެވި ވާހަކަފުޅުގައިވަނީ 1982 ވަނަ އަހަރު ބޭންކް އުފެއްދުމުގެ މަގުސަދަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭންކް އުފެއްދީ ހަމައެކަނި ކޮމާޝަލް ބޭންކެއްގެ ދައުރު އަދާކުރުމަށް ނޫންކަމަށާއި، ގައުމީ ތަރައްގީގައި އެހީތެރިވެވޭނެ ގޮތްތައް ހޯދައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ބޭންކު އުފެއްދި މުހިންމު މަގްސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ބޭންކް އޮފް މޯލްޑިވްސް ވަނީ ޓެކްނޮލޮޖީގެ ކުރިއެރުމުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށް، ގައުމުގެ މާލީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދީ ޒަމާނީ އަދި އީޖާދީ ބޭންކިން ހައްލުތައް ތައާރަފްކޮށްފައި. މި ބޭންކު ފާހަގަކުރެވެނީ މާލީ ދާއިރާގައި ދިވެހިންނަށް އެންމެ ގިނަ ވަޒީފާ ދޭ އިދާރާގެ ގޮތުގައި އެކަންޏެއް ނޫން. މިއީ ގައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމާއި، ކުރިއެރުވުމަށް އެހީތެރިވާ ބޭންކެއްވެސްމެ." ޝަރީފް ވިދާޅުވިއެވެ. https://sun.mv/213275 މި ހަފުލާގައި ބޭންކުން ވަނީ މުޅިން އައު ކާޑެއް ކަމަށްވާ ވިސާ ޑެބިޓް ޕްލެޓިނަމްއާއި ރާއްޖެއާއި ރާއްޖޭން ބޭރުގައި ފައިސާ މުއާމަލާތް ކުރެވޭ އީ ވޮލެޓު "ސްވައިޕް" ވެސް ތައާރަފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ