122 ހަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފި, އަދިވެސް ވައްކަންކުރަނީ

ތަފާތު އެކިއެކި މައްސަލަތަކުގައި 122 ފަހަރަށްވުރެ ގިނައިން ހައްޔަރުކުރި މީހަކު، އަނެއްކާވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ވައްކަމުގެ މައްސަލައެއްގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ ތ. ތިމަރަފުށީ ލަކީހައުސް، އުމުރުން 37 އަހަރުގެ ސަފްވާން އަލީ އެވެ. އޭނާ މިފަހުން ހައްޔަރުކޮށްފައިވަނީ ލެޕްޓޮޕެއް ވަގައްނެގިކަމުގެ ތުހުމަތުގައެވެ. ކްރިމިނަލް ކޯޓުން ޞަފްވާނުގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވައްކަންކުރުމާއި، އެހެން މީހެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމެވެ.
ކޯޓުން އިއްޔެ ވަނީ ޞަފްވާނު 10 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. 
ޞަފްވާނަކީ މީގެ ކުރިން ތަފާތު އެކިއެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ފަހުކޮޅު ރަސްފަންނު ސަރަހައްދުން މީހެއްގެ ދަބަހެއް ވަގަށް ނެގުމާއި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގެ އިތުރުންވެސް ތަފާތު އެކިއެކި އެއްޗެހި ވަގަށްނެގުމުގެ މައްސަލަތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ