އެމްއައިބީ ސާވިސް ސެންޓަރެއް ލ. ފޮނަދޫގައި ހުޅުވައިފި އެމްއައިބީ ސާވިސް ސެންޓަރެއް ލ. ފޮނަދޫގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭގޮތަށް ލ. ފޮނަދޫގައި މިއަދު ހުޅުވައިފި އެވެ.
ލ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަ ދަތުރުގެ ތެރެއިން އެމްއައިބީގެ ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެމަނިކުފާނެވެ. އެ ސާވިސް ސެންޓަރު ހުންނަނީ އެ ރަށު ފެރީ ޓާމިނަލްގަ އެވެ.
ފޮނަދޫގައި ހުޅުވި ސާވިސް ސެންޓަރާއެކު ލ. އަތޮޅުގައި އެމްއައިބީގެ ތިން ސާވިސް ސެންޓަރު މިހާރު ހުންނާނެ އެވެ. އެއީ ލ. ކައްދޫ އަދި ލ. ގަމުގައި ހުރި ސާވިސް ސެންޓަރާ އެކުގަ އެވެ.
އެމްއައިބީގެ ސާވިސް ސެންޓަރު ގަމާއި ކައްދޫގައި ގާއިމުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުގެ ހުރިހާ ހިދުމަތެއް ކަހަލަ ގޮތަކަށް ރައްކާތެރިކޮށް އޮންލައިންކޮށް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އިންޓަނެޓް ބޭންކިންއަށް ރަޖިސްޓާ ކުރުމުގެ އިތުރުން އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ވެސް ބޭންކަށް ނުގޮސް އޮންލައިންކޮށް އެދެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ