ހުޅުމާލެ ފުރަތަމަ ފިޔަވަހިން ބަންޑާރަ ގޯތި ލިބިފައިވާ މީހުން ގޯތިތަކަށް ދައްކަން ޖެހޭ އަގަށް %10ގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ނިންމައިފި އެވެ.
ތަފްސީލް - ހުޅުމާލެ ރައްޔިތުންނާ އެކު މިހާރު ބާއްވަމުންދާ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޑިސްކައުންޓު ދޭން ނިންމީ އެއީ ކުރީގެ ހައުސިން ސްކީމުތަކުގެ ދަށުން ބަންޑާރަ ގޯތި ލިބި، އެކަމަކު އެއްވެސް ސަރުކާރަކުން ލުޔެއް ދީފައިނުވާތީ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގުރުއަތުލައިގެން ދިރިއުޅުމުގެ ބޭނުމަށް މީގެ ކުރިން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކުރި ބަންޑާރަ ގޯތިތަކަށް ފައިސާ ދައްކައިގެން އަމިއްލަކުރަން ޖެހޭތީ އެއްބަސްވުމުގައި އޮންނަ ޖުމްލަ އަގުގެ %10 ޑިސްކައުންޓެއް ދޭނެ އެވެ.
"މި ކިޔަނީ ބިޑްކޮށް ބީލަން އުސޫލުން ގަނެފައި ހުރި ގޯތި ވާހަކައެއް ނޫން. ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފައި ހުރި ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައި ހުރި ފަރާތްތަކުގެ އެގްރީމެންޓުގައި އޮންނަ ޖުމްލަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭނަން. އެހެންވީމާ ބާކީ ދައްކަވަން އިންނަ އަދަދުން އެބައި ކެނޑިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައްކަން ޖެހޭ ފައިސާ ގާތްގަނޑަކަށް ދައްކައި ނިމިފައި ހުރި ގޯތިތައް ވެސް ހުންނާނެ އެވެ. އެ ގޯތިތަކުގެ ވެރިންނަށް ވެސް އެ ޑިސްކައުންޓް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހިން ގޯތި ލިބިފައި ހުރި މީހުން ދައްކަންް ޖެހޭ އަގަށް %10 ޑިސްކައުންޓެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ