އެމްޑީޕީގެ "މިސްރާބު ހަމަމަަގަށް" ކެމްޕެއިން ނިންމަން ބޮޑު ޕެރޭޑެއް

އެ ޕާޓީން ވަނީ މިއަދު ހަވީރު އޮންނަ ޕެރޭޑް ގައި ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ތާއީދު ކުރާ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފަ އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ -- އެމްޑީޕީގެ މަޖިލީސް ކެމްޕެއިން ނިންމާލުމުގެ ގޮތުން ހާއްސަ ޕެރޭޑެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން މަޖިލީސް ވިހި ކެމްޕެއިން ހިންގަނީ "މިސްރާބު ހަމަމަގަށް" ނަމުގަ އެވެ. އެ ޕާޓީން ބުނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން މާލެ ސިޓީ ގައި ހާއްސަ ޕެރޭޑެއް އޮންނާނެ ކަމަށެވެ. ޕެރޭޑް އޮންނާނީ މިއަދުގެ ހަވީރު 4:00 ގައެވެ. ހިނގާލުން ފެށޭނީ ސޯޝަލް ސެންޓަރު ކައިރީންނެވެ.އެ ޕާޓީން ވަނީ ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ތާއީދު ކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެދިފައެވެ.އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީސް އިންތިހާބު ގައި އެމްޑީޕީން 90 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެ ޕާޓީން ވަނީ ދެ ދާއިރާއަކުން އިތުރު ދެ ކެންޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އެއީ ވ. ފެލިދޫ ދާއިރާއަށް ކުރިމަތިލާ އަމިއްލަ ކެންޑިޑޭޓަކަށާއިު ފުވައްމުލަކުގެ ދާއިރާއަކަށް ކުރިމަތިލާ ޕީއެންއެފްގެ ކެންޑިޑޭޓަކަށެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެމްޕޭން ނިންމާލާނީ ހާއްސަ ހިނގާލުމަކުންނެވެ. ކޮންގްރެސް ޕާޓީން ބުނީ ހިނގާލުން ފަށާނީ ހޮނިހިރު ދުވަހު ހަވީރު ރަސްފަންނުން ކަމަށެވެ. ހިނގާލުން ނިންމާލާނީ އާޓިފިޝަލް ބީޗަށެވެ. ހިނގާލުމުގައި ކޮންގްރެސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމާއި ކޮންގްރެސްގެ ލީޑާޝިޕްގެ ބޭފުުޅުންނާއި ސަރުކާރުގެ އިސްވެރީންނާއި ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުން ބައިވެރި ވާނެ އެވެ.ފިޔާތޮށި އަދި ވިލު ނޫ ކުލައިގެ ހެދުމުގައި ވީހާވެސް ގިނަ ބަޔަކު މި ހިނގާލުމުގައި ބައިވެރިވާން ވެސް ވަނީ އެދިފައެވެ.ހޮނިހިރު ދުވަހުގެ ހަވީރު 6:00 ގައި އިންތިހާބުގެ ކެމްޕެއިން ނިންމާލަން ޖެހޭނެ އެވެ. އޭގެ ފަހުން ކެމްޕެއިން ހަރަކާތެއް ހިންގުމަކީ މަނާ ކަމެކެވެ.މަޖިލީސް އިންތިހާބަށް ކޮންގްރެސްގެ ޓިކެޓްގައި 89 ކެންޑިޑޭޓަކު ވާދަ ކުރެ އެވެ. ނަމަވެސް ބައެއް ދާއިރާތަކަށް ކޮންގްރެސްގެ ޓިކެޓް ދިން ކެންޑިޑޭޓުންނަށް ތާއީދު ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ ތިން ދާއިރާއެއް ހިމެނެ އެވެ. އެއީ މައްޗަންގޮޅީ މެދާއި ގަލޮޅު އުތުރާއި ތިމަރަފުށީ ދާއިރާ އެވެ. މައްޗަންގޮޅީ މެދަށް ކޮންގްރެސްގެ ޓިކެޓް ލިބުނު ކެންޑިޑޭޓް ވަނީ ފަހަތަށް ޖެހި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓާ އެކު ހުރިކަން ހާމަކޮށްފައެވެ.މި ކެންޑިޑޭޓުންގެ އިތުރުން މާފަންނު އުތުރު ދާއިރާއަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި މާމިގިލީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ދ. މީދޫ ދާއިރާއަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމަށް ތާއީދު ކުރުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ނިންމާ ފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ