މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގެންފި

މާލޭގައި ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ. 
ފުލުހުން ބުނީ، މިއަދުގެ މެންދުރު 12:38 ހާއިރު ހ. އެހުގަމުގެ ކައިރިން، ސައިކަލެއްގައި ދިޔަ ދެ މީހަކު ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަނެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 
މިއާއެކު ފުލުހުން ބުނީ، ފޭރިގަތް ފޯނު މިހާރު އަނބުރާ ހޯދާފައިވާ ކަމަށާ އަދި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 
Advertisement
އެގޮތުން ހައްޔަރު ކޮށްފައިވަނީ 32 އަދި 36 އަހަރުގެ ދިވެހި ފިރިހެނުން ކަމަށްވެސް ބުނެފައިވެއެވެ. 
ފުލުހުންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ