ހައިސްޕީޑް ރޭލުގެ ޚިދުމަތާއި އެކު ސްކޫލް ބަންދުގައި ޢުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފި

ހައިސްޕީޑް ރޭލުގެ ޚިދުމަތާއެކު ސްކޫލު ބަންދާ ދިމާކޮށް
މިއަހަރުގެ އެޕްރީލް ޢުމްރާގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި މައްކާއިން
މަދީނާއަށް ކުރާ 06 ނުވަތަ 08 ގަޑިއިރުގެ ބަސް ދަތުރުގެ ބަދަލުގައި ހައި ސްޕީޑް ޓްރެއިންގައި
02 ގަޑިއިރު ނުވަތަ 02 ގަޑިއިރާއި 20 މިނަޓުން މަދީނާއަށް ދަތުރުކުރުމުގެ ފުރުޞަތު
ލިބިގެންދާ މިދަތުރުގައި 02 ޢުމްރާވުމުގެ ފުރުޞަތު ޢުމްރާވެރިންނަށް ލިބިގެންދާނެއެވެ.
އެ ކޯޕަރޭޝަނުން އިތުރަށް މައުލޫމާތު ދެއްވި
ގޮތުގައި މި އުމުރާ ދަތުރުކުރަން ހަމަޖެހިފައި ވަނީ ސަޢުދީ އެއާލައިންސްގެ ޑައިރެކްޓް
ފްލައިޓެއްގައެވެ. އޭގެ އިތުރުން އުމުރާގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ
ހުރިހާ ޚިދުމަތްތަކެއް ހިމެނޭ ފަދަ ރަނގަޅު ޕެކޭޖެއް ލިބިގެން ދާނެއެވެ.
Advertisement
އެގޮތުން ޢުމްރާ ވިސާ، ދަތުރުގެ ދެކޮޅު ޓިކެޓް، ފެންވަރު
ރަނގަޅު ހޮޓެލްއެއްގައި ތިބުމުގެ އިންތިޒާމް، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު
24 ގަޑިއިރު ކްލިނިކްގެ ހިދުމަތް، ރަހަ މީރު ދިވެހި ކެއުންތައް، ޢުމްރާ ކިޓް (ފޮށި،
އަތްދަބަސް، އިޙްރާމް، ޢުމްރާ ދުޢާ ކާރޑް، ޢުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު،
ޓޮއިލެޓްރީ ބޭގް) ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވައެވެ.  
މިއަހަރުގެ ސްކޫލް ބަންދާއި ދިމާކޮށް އެޕްރީލުގައި
ބޭއްވުމަށް ހަމަޖެހިފައިވާ އުމުރާ ދަތުރުގައި މާއްކާ އާއި މަދީނާގެ މުހިއްމު ތަންތަނަށް
ޒިޔާރަތްކުރުމުގެ އިތުރުން ދީނީ ޢިލްވެރިން ދެއްވާ ދަރުސްތައް ވެސް ހިމެނޭނެކަމަށް
ހައްޖު  ކޯޕަރޭޝަނުން ހާމަކުރައްވައެވެ.
ހައްޖު ކޯޕަރޭޝަނުން ބާއްވާ މިއަހަރުގެ ފުރަތަމަ
އުމުރާ ދަތުރުގައި ދިނުމަށް ހަމަޖެހިފައިވާ ޕެކޭޖުގެ އިތުރުން މައްކާ އަދި ޖިއްދާ ބާޒާރު
ދަތުރާއި، ޠާޢިފް ދަތުރާއި، އިތުރު ޢުމްރާ ވުމުގެ ފުރުޞަތު އަދި ޝަރުޢީ ކަތިލުންތަކުގެ
ތެރޭގައި ހިމެނޭ ޢަޤީޤާ އާއި، ޢުޟްހިޔާ ކަތިލުމުގެ ފުރުޞަތުވެސް މި ދަތުރުގައި ބައިވެރިންނަށް
ލިބިގެންދާނެކަމަށް އެކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ.
ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި އެޕްރީލު
ޢުމްރާ ދަތުރަށް އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ ބޮލަކަށް 29,965.00 ރުފިޔާއެވެ.
ޢުމްރާގެ ޙިދުމަތަށް ރެޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
މި ޢުމުރާ ދަތުގައި ބައިވެރިވާން ބޭނުންވާ
ފަރާތްތަކުން ޙައްޖު ކޯޕަރޭޝަން އޮފީހުގެ ކައުންޓަރަށް ދުރުވެ ފޯމު ހުށަހެޅުމުގެ އިތުރުން
އެކޯޕަރޭޝަންގެ އޮންޓައިން ޕޯޓަލް (ފަހެލި) މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް
ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން
މައުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ