ސަޕޯޓަރުންނާއެކު ބައްދަލްވުން ކުރިއަށް ދިޔަ ވަގުތު ބޭރުގެ ސިފައިން އެ ސަރަަހައްދުން އެތައް ފަހަރަކު ދަތުރުކުރި ކަމަށް ވިދާޅުވެ އެ މީހުންގެ ބޭނުމާއި މަގުސަދަކީ ކޮބައިތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބެއިތިއްބޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާ އެކީ ކަމަށާ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބި ނަމަ އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހިވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ށ. މިލަންދޫގައި މިރޭ ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ކެމްޕެއިންގައި ހަނިމާދޫ އަށް ވަޑައިގަތުމުން އެ ރަށުން އެެހެން ގައުމެއްގެ ސިފައިން ފެނިވަޑައިގެންނެވި ކަމަށެވެ.އަދި ސަޕޯޓަރުންނާއެކު ބައްދަލްވުން ކުރިއަށް ދިޔަ ވަގުތު ބޭރުގެ ސިފައިން އެ ސަރަަހައްދުން އެތައް ފަހަރަކު ދަތުރުކުރި ކަމަށެވެ. އެ މީހުންގެ ބޭނުމަކީ މަގުސަދަކީ ކޮބައިތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ. ގާސިމް ވަނީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބަޔަކު ބުނާއިރު އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހް ވާހަކަފުޅު ނުދައްކަވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރައްވާފައެވެ. ވިދާޅުވީ ބޭރުގެ ސިފައިންގެ ބަޔަކު ތިބި ނަމަ އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ."[ބޭރުގެ ސިފައިން] މިތާނގައި ނެތެކޭ ވެސް ވިދާޅުވާން ކެރިވަޑައިނުގަތް [ރައީސުލްޖުމްހޫރިއްޔާއަށް]،"ގާސިމް ވަނީ ސަރުކާރުގެ ކަންކަން ހިނގަނީ ހާމަކަން ކުޑަ ގޮތެއްގައި ރައްޔިތުންނަށް ކަންކަން ފޮރުވަައިގެން ކަމަށް ވިދާޅުވެފައެވެ. އެއް ކަމަށް ފާހަގަ ކުރެއްވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނާ ބުނުމެވެ. ދެން ފާހަަގަ ކުރެއްވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިއްރު ސިޓީފުޅެވެ. އެ ސިޓީފުޅު ހާމަ ކުރެއްވުމަށް ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.ގާސިމް ވިދާޅުވީ ގައުމަށް ގެއްލުމެއް ލިބޭނެ ރައްޔިތަކަށް ނިކަމެތި ކަމެއް އަންނަ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވެވަޑަައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ހުރިހާ ގޮތަކުންް އެކަމަށް ވާޖިބު ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނަކީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކަަމަށާ އަދި އެމަނިކުފާނަކީ ގައުމާއި ރައްޔިތުންނަށް ވަފާތެރިވުމަށް ހުވާ ކުރައްވައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށެވެ.ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހަނިމާދޫން ބޭރު ގައުމެއްގެ ސިފަައިން ފެނުނު، ރައީސް އެކަން ބުނެދޭން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ