ދިރާގު ބެކް ޓު ސްކޫލް ކެމްޕެއިނާ އެކު ހާއްސަ އޮފާތަކެއް

ދިރާސީ އައު އަހަރު ފެށެން ގާތްވުމާއި ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ އައު ކެމްޕެއިން ކަމަށްވާ 'ދިރާގު ބެކް ޓު ސްކޫލް' ކެމްޕެއިން ލޯންޗުކޮށްފައެވެ.ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެއްގެ އައު އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްލައިގެން ނަސީބުވެރި ފަސް ފަރާތަކަށް 1،000ރ. ހާއްސަ ސްޓޭޝަނެރީ ވައުޗަރެއް ދިނުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.ދިރާގުގެ ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި "DhiraaguBackToSchool#" ހޭޝްޓެގް ޖެހުމަށްފަހު އައު ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުވަތުގައި ބައިވެރިވެވޭނެ އެވެ.އަންނަ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޚާއްސަ އޮފަރ ދިރާގުގެ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ.މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ އޯގަސްޓު 31ގެ ނިޔަލަށެވެ.ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު އޮފާތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ