ޓޯޓަލްފިޒިއޯ އިން ކަނދުރާ އާއި ކޮނޑަށް ހާއްސަ ހަތް ދުވަހުގެ ޕެކޭޖެއް ތައާރަފްކޮށްފި ޓޯޓަލްފިޒިއޯ އިން ކަނދުރާ އާއި ކޮނޑަށް ހާއްސަ ހަތް ދުވަހުގެ ޕެކޭޖެއް ތައާރަފްކޮށްފި

ފިޒިއޯތެރަޕީގެ ހިދުމަތް ދޭ ޓޯޓަލްފިޒިއޯ އިން ކަނދުރާ އާއި ކޮނޑަށް ހާއްސަކޮށްގެން ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
ޖުލައި 26، އަދި ސްކޫލް ބަންދާ ދިމާކޮށް ތައާރަފްކުރި އެ ޕެކޭޖުގެ ދަށުން ކަނދުރާ ނުވަތަ ކޮނޑަށް ފިޒިއޯތެރަޕީ ދޭން ޖެހޭ ކަމަށްވާނަމަ، ދޭން ޖެހޭ އެންމެހައި ހިދުމަތްތައް ކަވާ ކުރެ އެވެ.
ނަމަވެސް އެޑްވާންސް ތެރަޕީގެ ދަށުން ފޯރުކޮށްދޭ ކްރަޔޯތެރަޕީ، ސޮކްވޭވް ނުވަތަ ލޭޒާ ތެރަޕީ ދޭންޖެހޭ ކަމަށްވާނަމަ އެ ޕެކޭޖްގެ ދަށުން ކަވަރުކުރާނީ އެޑްވާންސް ތެރަޕީގެ ދެ ސެޝަނެވެ.
ކަނދުރާ ނުވަތަ ކޮނޑަށް ދެވޭ ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖަކަށް އާއްމުކޮށް އެވަރެޖްކޮށް 3،645ރ. އާއި 2،500ރ. އާއި ދެމެދު އެވެ. ނަމަވެސް ޕެކޭޖްގެ ދަށުން ޕޭޝަންޓް ދައްކަންޖެހޭނީ 1،750ރ. އެވެ.
އެ އޮފާ ކުރިއަށްދާނީ މިއަދުން ފެށިގެން އޮގަސްޓް 9، ގެ ނިޔަލަށް ކަމަށް ޓޯޓަލްފިޒިއޯއިން ބުންޏެވެ.
އެންމެ ފަރުތަމަ ރާއްޖޭގައި އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭންފެށި ޓޯޓަލްފިޒިއޯއަކީ ޒަމަނީ ވަސީލަތްތަކާއެކު ފިޒިއޯތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ.
ފިޒިއޯތެރަޕީގެ ހިދުމަތް ހޯދުމަށް ކޮންމެހެން ޑޮކްޓަރުގެ ލިޔުމެއް ބޭނުމެއްނުވާނެ އެވެ. އަދި ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާއެއް ދޭން ފަށާނީ ކޮންސަލްޓޭޝަނާއި އެސެސްމަންޓަށް ފަހު އެވެ. ކޮންސަލްޓޭޝަނާއި އެސެސްމަންޓް ހަދާނީ އެ ޕޭޝަންޓަކަށް ފަރުވާދޭ ފިޒިއޯތެރަޕިސްޓެވެ.
ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ޓޯޓަލްފިޒިއޯ އިން ދޭ ހިދުމަތްތަކާއި އަދި އަލަށް ތައާރަރްފް ކުރެވޭ އޮފާއާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ.
މީގެއިތުރުން ވައިބާ ނަންބަރު 7661700 އަށް މެދުވެރިކޮށް މައުލޫމާތު ސާފުކޮށް އަދި އެޕޮއިންޓްމެންޓް ވެސް ހެދޭނެ ކަމަށް ޓޯޓަލްފިޒިއޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ