މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި ކްލަބް އެޗްޑީސީ އާއި، ޕޮލިސް ކްލަބް އަދި ހުރާ ކޮމިއުނިޓީ ކްލަބް އިން ފަސޭހަ މޮޅުތަކެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު އެޗްޑީސީ އިން ނުކުތީ، ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-17، 25-22 އަދި 25-18 އިންނެވެ.
އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗުގައި ޕޮލިސް ކްލަބް ނުކުތީ ސަދާން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޕޮލިސް ކްލަބް ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-22، 25-18 އަދި 25-20 އިންނެވެ.
މީގެ އިތުރުން ރޭ ހުރާ އިން ވަނީ ބްލޫސް ފޯ ވޮލީބޯލް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިންނާ، ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު މި ފަހަރުގެ މުބާރާތައް ނުކުތް ހުރާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-16، 25-18 އަދި 25-19 އިންނެވެ.
މި މުބާރާތުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނުކުންނާނީ ދި ސަދާން ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ކްލަބް އެޗްޑީސީ އިން ނުކުންނާނީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ.
ވީއޭއެމް ކަޕް: އެޗްޑީސީ، ޕޮލިސް އަދި ހުރާ އަށް ފަސޭހަ މޮޅެއް ވީއޭއެމް ކަޕް: އެޗްޑީސީ، ޕޮލިސް އަދި ހުރާ އަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ