ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަންޖެހޭނެ ވަޤުތު ކުރިމަތިކުރައްވަވާނެ ސުވާލުތަކަށް ޖަވާބުދާރީވާން އެބަ ތައްޔާރުވެވޭތަ؟

މުސްލިމް ޤައުމުތަކުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދެރަވެ ލޮލުން ކަރުނައަޅަންޖެހެއެވެ. އިސްލާމް ދީން މަތިވެރިކުރަން ފަރުދީ ފެންވަރުގައި ކުރެވޭ މަސައްކަތާއިމެދު ވިސްނައިލުމުންނެވެ. އެހެންކަމުން މިވާހަކަ ގިނަގިނައިން ދައްކަން އެބަޖެހެއެވެ.  
ކޮންމެ މުސްލިމަކަށްވާނެ އެއްކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުންނަންޖެހޭނެ ކަމެވެ. ކުރިމަތިކުރައްވަވާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭނެ ކަމެވެ. ސުވާލަކީ ތިމާއަށް އެކަމަށް އެބަ ތައްޔާރުވެވޭ ހެއްޔެވެ؟  
ބުނަންހެއްޔެވެ؟ ރަނގަޅު ގޮތުގައި އަޅުކަންކުރެވޭނީވެސް އެމީހެއްގެ ހިތުގައި އިސްލާމް ދީނަށް ލޯބިއުފެދިގެންނެވެ. އެއީ ތިމާއަށް ކުރަން މަޖުބޫރުވާތީ ކުރާ ކަމެއް ކަމަށް ވިސްނުމުގެ ބަދަލުގައި އެއީ ކުރާ ހިތުން ކުރާ ކަމަކަށް ހަދައިގެންނެވެ. ގިނަ ބައަކު ނަމާދުވެސް ކުރަން އޮތް ގޮތަށް ނުކުރެވިގެން އުޅޭ ސަބަބަކީ އެއީ ކުރަންޖެހޭތީ ކުރާ ކަމެއް ކަމަށް ދެކެގެން ކުރާތީއެވެ. ނަމާދުކުރަނީ އެކަމަށް ލޯބިޖެހިގެން ކަމަށް ނުހަދައި ޚުޝޫޢަތްތެރިއެއް ނުވެވޭނެއެވެ.  
މީސްތަކުންނޭވެ! އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ ޙަމްރަތަށް ޖަވާބުދާރީވުން ކަމަށް ހަދާށެވެ! ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ އަޅެއްގެ ގޮތުގައި މަޙްޝަރުކޮށްދެއްވެވުން އެދިގެން މަސައްކަތްކުރާށެވެ. އެކަމަށްވެސް ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރުންކަމަށް ހަދާށެވެ! ކާމިޔާބު ލިބެން އޮތީ އެއިރުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ